ޤުދްސުގެ ޤަލަންދިޔާ އެއާޕޯޓު ޔަހޫދީ އާބާދިއަކަށް ބަދަލުކުރުމުގެ މަސައްކަތް އިސްރާއީލުން ފަސްކޮށްފި

ޤަލަންދިޔާ އެއާޕޯޓު

ފަލަސްޠީނުގެ ގެ ޤުދްސުގައި ކުރިން ބޭނުންކުރަމުން އައި ޤުދްސު އެއާޕޯޓް (ޤަލަންދިޔާ އެއާޕޯޓް) ޔަހޫދީ އާބާދީއަކަށް ބަދަލުކުރުމުގެ މަސައްކަތް ޤުދްސުގެ މުނިސިޕަލްޓީން ފަސްކޮށްފިއެވެ. ފަލަސްޠީނުގެ ދެވަނަ އިންތިފާޟާ ނުވަތަ ޤުދްސު އިންތިފާޟާ ފެށުމާއެކު އިސްރާއީލުން ވަނީ ޤުދްސުގައި އޮތް ހަމައެކަނި އެއާޕޯޓް ބަންދުކޮށްފައެވެ. އަދި އޭރުއްސުރެ އެތަން އޮތީ ވީރާނާވާން ދޫކޮށްލާފައެވެ.

ޤަލަންދިޔާގައި ބިނާކުރަން ނިންމާފައި އޮތް އަތާރޮތު އާބާދީ ބިނާކުރުމުގެ މަަސަައްކަތް ފަސްކޮށްފައި ވަނީ އެމެރިކާގެ ރައީސު ޖޯ ބައިޑަންގެ ސަރުކާރުން އެކަމާ ދެކޮޅުހަދައި ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެންނެެވެ.

ޤުދްސުގެ ޔަހޫދީ މުނިސިޕަލްޓީން ރާވާފައި އޮތީ ޤަލަންދިޔާ އެއާޕޯޓު އޮތް ބިމުގައި ހަރުކަށި ޔަހޫދީންނަށް 9000 ހައުސިން ޔުނިޓް އެޅުމަށެވެ. އެތަނުގެ ވަށައިގެން ވަނީ ފަލަސްޠީނުގެ ގިނަ ބަޔަކު ދިރިއުޅޭ ތިން އަވަށެކެވެ.

ޤުދްސުގެ މިނިސިޕަލްޓީގެ ޕްލޭނިން ކޮމިޝަނުން ބުނީ، އެއާޕޯޓުގެ މިބުގައި ޔަހޫދީ އާބާދީ ބިނާކުރުމަށް ތައްޔާރުކޮށްފައިވާ ޕްލޭނަކީ އެއިދާރާއިން ތާއީދުކުރާ ޕްލޭނެއް ކަމަށެވެ. އެެހެންނަމަވެސް، އެ ޕްލޭން ކުރިއަށް ގެންދިއުމުގެ ހުއްދަދިނުމުގެ ކުރިން، އެެ މަޝްރޫއުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމަށް ސާވޭއެއް ހަަދަން ޖެހެއެވެ.

ޤުދްސުގެ ޑެޕިއުޓީ މޭޔަރު ފްލުއާ ހަސަން-ނަހޫމް ބުނި ގޮތުގައި އެކަމަށް އަހަރެއްހާ ދުވަސް ނަގާނެއެވެ.

ޔަހޫދީ އާބާދީތަކާ ދެކޮޅަށް މަސައްކަތްކުރާ ޔަހޫދީ ޖަމާއަތެއް ކަމުގައިވާ 'ޕީސް ނައު' އިން ވަނީ ޤަލަންދިޔާގެ ޔަހޫދީ އާބާދީއާ ދެކޮޅަށް އާއްމު ކެމްޕޭނެއް ހިންގާފައެވެ. އެ ޖަމާއަތުން ބުނަމުން އައީ އެތަނުގައި ޔަހޫދީ އާބާދީއެއް ބިނާކުރުމަކީ މައްސަލަތައް އުފެދޭނެ ކަމަކަށް ވާނެ ކަމުގައެވެ.

"މި ޕްލޭނަކީ ޤުދްސު ތަރައްޤީކުރުމަށް އޮތް ކިހާ ދެކޮޅު ނުޖެހޭ ޕްލޭނެއްކަމާއި، އެެޕްލޭނުން ސުލްހައަށް ފުރުތަށް ކުރިމަތިވާނެ ގެއްލުން މި ލިބުނު ވަގުތުގައި އެމީހުންނަށް ވިސްނޭނެކަމަށް އުއްމީދުކުރަމާ ހިނގާ." ޕީސް ނައުގެ ރިސާޗާ ހަގިޓް އޮފްރާން ބުންޏެވެ.

ޤަލަންދިޔާގައި ޔަހޫދީ އާބާދީ ބިނާކުރުމަށް ހުއްދި ދިނުން އަަވަސްކުރަން އިސްރާއީލުން ބޭނުން ނުވާކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ޔައިރް ލަޕިޑް ވެސް ވަނީ އިއްޔެ ބުނެފައެވެ. ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ އެ ޕްލޭން ތަންފީޒު ކުރެވޭނީ މަރުކަޒީ ސަރުކާރުން ހުއްދަ ލިބިގެން ކަމަށެވެ. އަދި އެކަންކުރާނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއް "ފުރިހަމައަށް އެއްބަސްވެގެން" ކަމަށެވެ.

"މިކަމާ މެދު ގޮތެއް ނިންމާނީ ގައުމީ ފެންވަރުގަ. މިކަމުގައި ކުރިއަށް ދާންވީ ގޮތް އަހަރުމެންނަށް އެނގޭ. މިކަމުގައި ކުރިއަށް ދާނީ އެމެރިކާ ސަރުކާރުން ބޭނުންވާ ގޮތާ ފުށު ނާރާނެހެން." ބޮޑުވަޒީރު ލަޕިޑް ބުންޏެވެ.

ބައިޑަން ސަރުކާރުން ވަނީ، ސުލްހައިގެ މަސައްކަތަށް ހުރަސްއެޅޭކަމަށް ބުނެ، ހިފާފައިވާ ބިންތަކުގައި ޔަހޫދީ އާބާދީތައް ބިނާކުރުމާ ދެކޮޅުހަދާފައެވެ.

1967 ވަނަ އަހަރު އިސްރާއީލުން ހިފި އިރުމަތީ ޤުދްސުގައި ބިނާކޮށްފައިވާ އާބާދީތަކުގައި މިހާރުވެސް 2 ލައްކަ ޔަހޫދީން ދިރިއުޅެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.