ތޭރަ ފުލުހުކަށް ދައުވާ ކުރާތީ ފުލުހުންގެ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފި

ކުޑަކުދިންނާ މެދު ރަހުމު ކުޑަކަމާއެކު ލާއިންސާނީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުގައި 13 ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވާތީ ފުލުހުންގެ އިދާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ކ. ތުލުސްދޫގައި ހިންގި ކޭމްޕަކަށް އެ ކުދިން ގޮވައިގެން އެ ރަށަށް ދަތުރުކުރި ފެރީގަޔާއި ކޭމްޕްގައި ފުލުހުންގެ ފަރާތުން އެ ކުދިންނަށް އަނިޔާވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު 8 ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުއްވާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ފުލުހުންނަށް އެންގިއެވެ. އަދި އެ ދަތުރުގައި ބައިވެރިވިން ކުދިން ބިޑި އަޅުވާފައިވުމާއި ބާރަށް ހަޅޭއް ލަވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރަހުމު ކުޑަ ލާއިންސާނީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ 13 ފުލުހެއްގެ މައްޗަށް ކޮށްފައިވާ ކަމަށް ޕީޖީ ވަނީ ފުލުހަށް އަންގާފައެވެ.

އިތުރަށް ފުލުހުން ބުނެފައިވާ ގޮތުގައި 2017 ވަނަ އަހަރުގެ ހަރަކާތުގައި ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަތުވެދާނޭފަދަ އެއްވެސް ހިނގާފައިވާ ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ފުލުހުންނަށް އަންގާފައެއް ނުވެއެވެ. އަދި އެ ކުދިން ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ކޮންޓުރޯލު ކުރުމަށްޓަކައާއި އެހެން މީސްމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައި ވަނީ ފުލުހުންގެ ގާނޫނާއި ގަވާއިދުގެ ތެރެއިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.