މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ މުސާރަ ކަނޑައަޅައިފިއެވެ.
ހަމަޖެހުނު ގޮތް:
ކުދި ވިޔަފާރިތަކަށް: މަހަކު 4500 ރުފިޔާ
މެދުފަންތީގެ ވިޔަފާރިތަކަށް: މަހަކު 7000 ރުފިޔާ
ބޮޑެތި ވިޔަފާރިތަކަށް: މަހަކު 8000 ރުފިޔާ
ޕަބްލިކް ސެކްޓަރުގައި (ސިވިލް ސަރވިސް) ހަދަޣިއިރަށްވުރެ ގިނަ ވަގުތު މަސައްކަތް ކުރާ ނަމަ މަހަކު 7000 ރުފިޔާ
އެންމެ ކުޑަ މުސާރަ އިއުލޮާނު ކުރުމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް ވިދާޅުވި ގޮތުގައި މިނިމަމް ވޭޖްގެ ވާހަކަ ދައްކާއިރު ގިނަ މީހުން ބަލަނީ ލިވިންގ ވޭޖަށެވެ. އެކަމަކު މިނިމަމް ވޭޖަކީ ކޮންމެހެން ލިވިންގ ވޭޖެއް ނޫނެވެ. މުސާރަ ކަނޑައެޅުމުގައި ބަލަން ޖެހެނީ ހިހެފެއްޓޭނޭ މިންވަރަކަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ފުރަތަމަ ކަނޑައެޅުނު މިނިމަމް ވޭޖަކީ 6400 ރުފިޔާއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ބެލީ 6400 ރުފިޔާއާއި 8600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައަޅާށެވެ. މިގޮތަށް ހަމަޖެހިފައި ވަނިކޮށް އައީ ކޯވިޑް -19 އެވެ.
ވޭޖް ބޯޑުން ކަނޑައެޅި ލަފާ އޮކްޓޯބަރުގައި ލިބިވަޑައިގަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ގާނޫނު އޮންނަ ގޮތުން އެ ދިރާސާ ކުރަން ޖެހެއެވެ. ވަކި ގޮތެއް ކަނޑައަޅަން ޖެހެނީ 30 ދުވަހުގެ ތެރޭގައެވެ. މިނިމަމް ވޭޖް ކަނޑައަޅަން ޖެހެނީ ލިބޭ ލަފާގައި އޮންނަ ގޮތަށް ކަމަށް ވުން ލާޒިމެއް ނޫނެވެ.
މިނިސްޓަރ ފައްޔާޒް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލިބިވަޑައިގަތް ލަފާ ރަނގަޅެވެ. އެކަމަކު ދިވެހިރާއްޖޭގެ އިގުތިސާދު އަދި ރަނގަޅެއް ނުވެއެވެ. ރަނގަޅުވާން އަދި އަހަރެއް ދެ އަހަރެއް ވާނެއެވެ، އެހެންވީމާ މިއަދު އިއުލާނުކުރި އަދަދު ތަކަކީ ވަރަށް ރަނގަޅަށް ބެލުމަށް ފަހު ދުރު މުސްތަގުބަލުގައި ވިޔަފާރިތަކަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެ ގޮތަށް ވިސްނައިގެން މިހާރުގެ ހާލަތަށް ބެލުމަށް ފަހު އިއުލާނު ކުރި އަދަދުތަކެކެވެ. މިނިމަމް ވޭޖްގެ ތެރޭގައި ސީދާ މުސާރައިގެ އތުރަށް ކުރާ ޚަރަދުތައް ނުހިމަނައެވެ. އެއީ ވޭޖް ބޯޑުންލަފާދިން ގޮތެއެވެ. މީގެ އިތުރަށް ކަނޑައެޅިގެން ދޭ "ފިކްސްޑް" އަދަދުތައް ކުޑަ މުސާރަ ގުނުމުގައި ހިމަނާނެއެވެ.
މިއަދުގެ ވާހަކަފުޅުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވި ގޮތުގައި ސިވިލް ސަރވިސް މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ދުވާލަކު ހަގަޑިއިރުއެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރާ ވަގުތު 8 ގަޑިއިރަށް ބަދަލުކުރަން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.