ސައޫދީ އަރަބިއްޔާގެ ކެބިނެޓަށް ބައެއް ބަދަލު ގެނެސްފިއެވެ. މި ބަދަލުތައް އައިސްފައިވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލްސުޢޫދު އިއްޔެ ނެރުއްވި ޝާހީ އަމުރުފުޅެއްްގައެވެ.
އެ އަމުރުފުޅުގައި ވާގޮތުން މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީއާ ވަނީ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާގެ މަގާމަށް ބަދަލުކުރައްވާފައެވެ. އަދި ޙައްޖު އެންޑް ޢުމްރާ މިނިސްޓަރު ކަމުގައި ހުންނެވި ޢިޞާމް ބިން ސަޢުދު ވަނީ މަގާމުން ވަކިކުރައްވާފައެވެ.
ޝާހީ އަމުރުފުޅުގައި މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރައްވާފައި ވެސް ވެއެވެ. އެެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ޑރ. ފަހްދު ބިން ޢަބްދުއްރަޙްމާން އަލްޖަލާޖިލްއެވެ. އޭނާ ކުރިން ހުންނެވީ ޑެޕިއުޓީ މިނިސްޓަ އޮފް ހެލްތު ފޯ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓްގެ މަގާމުގައެވެ.
މީގެ އިތުރަށް އެސިސްޓެންޓް މިނިސްޓަރ އޮފް ޓްރާންްސްޕޯޓްގެ މަގާމުގައި ހުންނެވި ޢަބްދުލްޢަޒީޒު ބިން ޢަބްދުއްރަޙްމާން އަލްޢަރީފީ އެ މަގާމުން ވަކިކުރައްވަައި ކެބިނެޓް ސެކްރެޓޭރިއަޓްގެ އެޑްވައިޒަކަށް ވަނީ ބަދަލުުކުރައްވާފައެވެ.
ސަލްމާން ރަސްގެފާނު ނެރުއްވި އިތުރު އަމުރުފުޅެއްގައި ލެފްޓިނެންޓް ޖެނެރަލް މުޠުލަޤް ބިން ސާލިމް އަލްޢަޒީމާ ޖެނެރަލްގެ ރޭންކަށް ބަދަލުކުރައްވައި އޭނާއަށް ކޮމާންޑަރ އޮފް ޖޮއިންޓް ފޯސަސްގެ މަގާމު ވަނީ ދެއްވާފައެވެ.