ޕާކިސްތާނުން އަމިއްލައަަށް އުފެއްދި ރޮކެޓް ސިސްޓަމް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފި

ޕާކިސްތާނުން އަމިއްލައަށް އުފެއްދި ގައިޑެޑް މަލްޓި ލޯންޗް ރޮކެޓް ސިސްޓަމް (އެމްއެލްއާރްއެސް) 'ފަަަތަހް-1' އެގައުމުގެ ސިފައިން މިއަދު ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެެވެ.

ޕާކިސްތާނު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ރޮކެޓް ސިސްޓަމުގެ ސަބަބުން ދުޝްމަނުންގެ ސަަރަހައްދުގެ އެތެރޭ ހިސާބުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ޕާކިސްތާނަށް ލިބިގެންދާނެއެެވެ.

"ޕާކިސްތާނުން މިއަދު ވަނީ އަމިއްލައަށް އުފެއްދި ފަތަހް-1 (ގައިޑެޑް މަލްޓި ލޯންޗް ރޮކެޓް ސިސްޓަމް) ގެ ޓެސްޓު އުދުއްސާލުމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ. އެއީ އާއްމު ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިގެންވާ ރޮކެޓެއް. މި ހަތިޔާރު ސިސްޓަމުން ދުޝްމަނުންގެ ސަރަހައްދުގެ ފުނަށް އަމާޒުން ކައްސާނުލައި ސީދާ ހަމަލާ ދިނުމުގެ ގާބިލުކަން ޕާކިސްތާނު ސިފައިންނަށް ލިބިގެންދާނެ." ސިފައިންގެ ބަޔާނުގައި ވެއެވެ.

ފަތަހް-1 ރޮކެޓް ސިސްޓަމަކީ 140 ކިލޯމީޓަރު ދުރުގައިވާ އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލްކަން ލިބިގެންވާ ސިސްޓަމެކެވެެ.

ޕާކިސްތާނުން ވަނީ މި އޮގަސްޓު މަހުގެ 12 ދުވަހު ބިމުން ބިމަށް ފޮނުވާލެވޭ ބެލިސްޓިކް މިސައިލް، 'ޣަޒްނަވީ' ކާމިޔާބުކަމާއެކު ޓެސްޓުކޮށްފައެެވެ. އެއީ 290 ކިލޯމީޓަރު ދުރަށް ނިއުކުލިޔާ 'ހަތިޔާރު ބޮލެއް' އުފުލުމުގެ ކުޅަދާނަކަން ލިބިގެންވާ މިސައިލެކެވެ. ބެލިސްޓިކް މިސައިލެއްވެސް ޓެސްޓުކޮށްފައެެވެ.

މިއަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހު އެ ގައުމުން ކާމިޔާބުކަމާއެކު ޓެސްޓުކުރި، އަމިއްލައަށް އުފައްދާފައިވާ 'ޝާހީން-1އޭ' ބެލިސްޓިކް މިސައިލަކީ 900 ކިލޯމީޓަރުގެ ރަސްތާއެެއް ކަޑައްތުކުރުުުމުގެ ކުޅަދާނަކަން ލިބިގެންވާ މިސައިލެކެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.