ޕާކިސްތާނުން ސިވިލް ސަރވިސް ކޮމިޝަނަށް ބައެއް ތަކެތި ހަދިޔާކޮށްފި

ޕާކިސްތާނުގެ ހައިކޮމިޝަނުން އިއްޔެ ސީއެސްސީއަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ. އެއީ 75 އިންޗީގެ ސްމާޓް ޓީވީއަކާއި 16 ކޮމްޕިއުޓަރާއި 6 މޮނީޓަރާއި 3 ލެޕްޓޮޕެވެ.

ޕާކިސްތާން ހައި ކޮމިޝަންގެ ފަރާތުން މި ތަކެތި ހަދިޔާ ކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޠްހަރް މުުޚްތާރެވެ. ސީއެސްސީގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހެވެ. މި ރަސްމިއޔާތުގައި ހައި ކޮމިޝަނަރުގެ އިތުރަށް ސޭއެސްސީގެ މެންބަރުންނާއި ޕާކިސްތާން ހައި ކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ރަސްިމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއެސްސީގެ ރައީސް ވިދާޅުވި ގޮތުގައި މި ތަކެތި ލިބިވަޑައިގަތުމުން އެ ކޮމިޝަންގެ މަސައްކަތަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އޭނާ ވަނީ ޕާކިސްތާން ހައި ކޮމިޝަނުން ސީއެސްސީއާ މެދު ބާއްވަވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވައިފައެވެ.

ޕާކިސްތާނުގެ ހައި ކޮމިޝަނަރުގެ ވާހަކަފުޅުގައި ވަނީ ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އޮން ގާތް ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގުޅުން ބިނާ ވެފައި ވަނީ ދީނާއި ސަގާފަތުގެ އެއްގޮތް ކަމުގެ މައްޗަށާއި ތާރީޚީ ގުޅުންތަކުގެ މައްޗަށެވެ. ދިވެހި ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާއަށާއި ކުޅިވަރުގެ ދާއިރާއަށާއި އިންސާނީ ވަސީލަތްތައް ބިނާ ކުރުމަށްޓަކައި އެހީތެރިވެދިނުމުގެ ގޮތުން ދިވެހި ސަރުކާރާއެކު އަބަދުވެސް މަޝްވަރާ ކުރެވެމުންދާ ކަމުގައި ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.