މަޅުމަތި: އެއްބައެއްވަންތަކަން

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ.
އަހަރެމެންގެ ދީނަކީ އެއް ދީނެކެވެ.
އަހަރެމެންގެ ބަހަކީ އެއް ބަހެކެވެ.
އަހަރެމެން އެންމެންނަކީ އެއް ނަސްލެއްގެ ބަޔަކީމެވެ.

އެތިބަ ދަނީ ލާދީނީ މީހުންނެވެ.
އެތިބަ ދަނީ ކުފުރުވެފައި ތިބި މީހުންނެވެ.
އެތިބަ ދަނީ ވަގުންނެވެ.
އެތިބަ ދަނީ ފާސިދުންނެވެ.
އެތިބަ ދަނީ އައިސިސްގެ މީހުންނެވެ.
އެތިބަ ދަނީ ގައުމު ވިއްކައި ކައިހަދާ މީހުންނެވެ.

އޭނާއަކީ ކޮރު މީހެކެވެ.
އޭނާއަކީ ރާބޯ މީހެކެވެ.
އޭނާގެ ބައްޕައަކީ ވަގެކެވެ.
އޭނާގެ ކާފައަކީ އަހަރެންގެ ނޯކަރެކެވެ.
އޭނާއަކީ މާރުކޭޓުގައި މަސް ވިއްކާން ހުންނަ މީހެއްގެ ދަރިއެކެވެ.
އޭނާއަކީ ނުކިޔަވައި ހުރި މީހެކެވެ.

އަހަރެންގެ މުނިކާފަގެ މުނިކާފަގެ ހޫރުކާފައަކީ ރަސްކަލެކެވެ.
އަހަރެންގެ ބައްޕައަކީ އަތޮޅުވެރިކަން ކުރި މީހެކެވެ.
އަހަރެންގެ މަންމައަކީ ވަޒީރެކެވެ.
އަހަރެންގެ ބޮޑުބޭބެއަކީ ބޭފުޅެކެވެ.
އަހަންނަކީ ޕީއެޗްޑީ ހަދައިގެން ހުރި މީހަކީމެވެ.

އެކި ދީންދީނަށް އުޅޭ...
އެކި ބަސްބަހުން ވާހަކަދައްކާ...
އެކި ނަސްލުގެ މީހުންނާއި އަހަރެމެންނާ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.