ސައޫދީ އަރަބިއްޔާގައި ނަމާދު ވަގުތު ފިހާރަތަައް ހުޅުވާފައި ބެެހެއްޓުމުގެ ހުއްދަ ދީފި

ސައޫދީ ވެރިރަށް ރިޔާޟުގެ ފިހާރައެެއްގެ ތެރޭގައި ވިޔަފާރިކުރާ މީހުން ކިއު ހަދައިގެން

ކުރިއްސުރެ ސައޫދީ އަރަބިއްޔާގައި އަމަލުކުރަމުން އައި ނަމާދު ވަގުތުގައި ވިޔަފާރިތައް ބަންދުުކުރަަން މަޖުބޫރުކުރުމުގެ އުސޫލަށް ބަދަލުގެނެސް، ނަމާދު ވަގުތުގައިވެސް ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފިއެވެ. މިކަން ހާމަކޮށްފައި ވަނީ ސައޫދީ ޗެންބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައެވެ.

"މިއީ ވިޔަފާރިކުރުމަށް ހޭދަވާ ވަގުތު، ވިޔަފާރިތައް ހިންގާ ފަރާތްތަކާއި، ވިޔަފާރިކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތެއް." ޗެމްބާ އޮފް ކޮމާސްގެ މެންބަރުންނަށް ފޮނުވި ސާކިއުލާގައި އެ ޗެމްބާގެ ވެރިޔާ ޢަޖްލާން ބިން ޢަބްދުލްޢަޒީޒު އަލްޢަޖްލާން ވިދާޅުވިއެވެ.

ނަމާދު ވަގުތު ފިހާރަތައް ބަންދުކުރުމާ ދެކޮޅުހަދަމުން އައި ފަރާތްތަކުން ވަނީ މިނިންމުމަށް މަރުހަބާ ކިޔާފައެވެ.

"މިއީ އެއިން ވަރަށް ބޮޮޑު ކަމެއް ރަމްޒުކޮށްދޭ، އާއްމު ދިރިއުޅުމުގައި ދީނީ މީހުންގެ ބާރު ކުޑަކުރުމަށް އަމަލީގޮތުން ވަރަށް އެޅުނު މުހިއްމު ފިޔަވަޅެއް." މި ނިންމުމަށް މަރުހަބާކިޔަމުން މެދުއިރުމަތީ ސިޔާސީ ކަންކަމާބެހޭ ލިޔުންތެރިއެއް ކަމުގަވާ ޢަލީ ސަމީރު ޝިހާބީ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައި ވާގޮތުގައި ނަމާދު ވަގުތަށް ބަންދުކުރުން ފިހާރަތަކުގައި މަސައްކަތްކުރާ މީހުން ބޭނުންކުރަނީ މަަސައްކަތުުން ބޭރުގައި ގިނަ ވަގުތު ހޭދަކުރާން ދައްކާ ބަަހަނާއެެއްގެ ގޮތުގައެވެ. އަަދި އެކަމުގެ ސަބަބުން ވިޔަފާރިކުރަން އަންނަ މީހުން ގިނަ ވަގުތު އިންތިޒާރުގައި ތިބެން ޖެހޭކަމުގައެވެ.

އިގުތިސާދީ މާހިރެއް ކަމުގައިވާ ޙަބީބުﷲ އައްތުރްކިސްތާނީ ވިދާޅުވިގޮތުގައި މި ނިންމުމުގެ ސަބަބުން އިގުތިސާދަށް މާބޮޑު އަސަރެއް ނުކުރާނެއެވެ.

"އަަހަރެން މިދެކޭގޮތަށް ބާރުލިބޭ ސަބަބަކީ ފިހާރަަތަކުގައި މަސައްކަތްކުރާ މީހުން މެންދުރަށް މަސައްކަތް ހުއްޓުން. ނަމާދު ވަގުތު ފިހާރަތައް ހުޅުވާަފައި ބަަހައްޓަން ހުއްދަ ދިން ނަމަވެސް ފިހާރަތަކުން އެތަނުގައި މަސައްކަތްކުރާ މީހުންނަށް ބްރޭކެއް ދޭނެ. އެއީ އެމީހުންނަށް ދޭންޖެހޭ ހައްގެއް." އައްތުރްކިސްތާނީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި މި ނިންމުމުން ބޮޑަށް ފައިދާކުރާނީ ހައިވޭފަދަ ތަންތަނުގައި އާއްމު ޚިދުމަތާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށެވެ.

ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ގެންނަވަން ފަށްޓަވާފައިވާ އިސްލާހުތަކުގެ ކުރިން، ނަމާދު ވަގުތު ފިހާރަތައް ބަންދުކުރޭތޯ ބެލުމުގެ ކަންކަން ހަވާލުކޮށްފައި އޯތީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމާ ބެހޭ އިދާރާާއަށެވެ. ފިހާރަތައް ބަންދުކުރުމުގެ އަމުރާ ޚިލާފުވާ ފަރާތްތައް (ބައެއް ފަހަރު ބަންދުުކުރުން ފަސް މިނިޓެއްހާއިރު ލަސްކުރާ ފަރާތްތައްވެސް) ހައްޔަރުކޮށް ބަންދުކުރުމާއި، ބޭރި މީހެއްނަމަ ޑިޕޯޓުކުރުމުގެ ބާރު އެ އިދާރާގެ އޮފިސަރުންނަށް އޭރު ދީފައި އޮތެވެ. އާ އިސްލާހުތަކުގެ ދަށުން އެ އިދާރާ ބާރުތައް މިހާރު ވަނީ ވަރަށް ކުޑަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.