2023 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އަޅުގަނޑު: ރައީސް ނަޝީދު

2023 ގައި އޮންނަ ރިޔާސީ އިންތިޚާބެއް އޮންނަ ނަމަ އެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ އެމަނިކުފާނު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އާސްކަ ދަ ސްޕީކަރ ޕްރިޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލުކުރި މީހާގެ ސުވާލަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވާދަކުރައްވާ ނަމަ އެމަނިކުފާނަށް ތާއީދު ކުރައްވާނެތޯއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީ ޕްރައިމަރީ ބާއްވާނަމަ ވާދަކުރައްވާނޭ ކަމުގައެވެ.

އަދި އެހެން ސުވާލެއްގެ ޖަވާބުގައި ޕާލަމެންޓަރީ ސިސްޓަމަށް ތާއީދު ކުރައްވައި އެކަމާއިގެން ކުރިއަށް ވަޑައިގަންނަވާނޭ ކަމުގެ އިޗާރާތެއްވެސް ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.