ރަހީނުކޮށް މަރާލާފައިވާ ކުއްޖަކު މާލެއިން ފެނިއްޖެ

މާލޭގައި ރަހީނު ކުރުމަށްފަހު މަރާލާފައިވަނިކޮށް ކުއްޖަކު ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނު ކުރި މައްސަލައެއް މި ދިޔަ އާދީއްތަ ދުވަހު ފުލުހަށް ހުށަހެޅުނެވެ.

އެ ކުއްޖާ ހޯދަން އެ ދުވަހުން ފެށިގެން ފުލުހުން ގެންދިޔައީ މަސައްކަތް ކުރަމުންނެވެ. ކުއްޖާ ފެނިފަި ވަނީ ރޭ 2:38 ގައެވެ، އޭރު އޮތީ މަރާލާފައެވެ. މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.