މަޅުމަތި: މަކުނުނެށްޓިއާއި ރާމާމަކުނު

މިއީ ޒަމާނުގެ ސިޔާސީ ނިޒާމާއި ވެރިންނަށް ފާޑުކިޔައިފައިވާ ލަވައެކެވެ. ލަވައިގެ މައިގަނޑުގައި ކިޔަނީ މަކުނުނެށްޓިއަކާއި ރާމާމަކުނެއްގެ ވާހަކައެވެ. ޖަމޫރާއާއި މަދާރީގެ ވާހަކައެވެ. މަކުނު ނަށްޓާމީހާ ކުރާ އިޝާރާތަށް ރާމާމަކުނު ނަށާ ކުޅިވަރަކީ އިންޑިއާއި ޕާކިސްތާނުގެ މަގުމަތީން ފެންނަ ކުޅިވަރެކެވެ. މަކުނު ނަށާނީ މަކުނުނެށްޓި ޖަހާ ބެރަށާއި އަތުން ކުރާ ހަރަކާތަށެވެ. މި ލަވައިގައި މަކުނުނެށްޓިކަމުގައި އިޝާރާތް ކުރަނީ ގައުމުގެ ވެރިޔާއަށެވެ. މަކުނު ކަމުގައި އިޝާރާތް ކުރަނީ ރައްޔިތުންނަށެވެ.

ޑިތަންގް ޑިތަންގް ޑިތަންގް ޑިތަންގް ޑަބްޑަބް ޑުއްރާ
(ވަކި މާނައެއް ހިމެނޭ ބަސްތަކެއް ނޫން.)
ކޯންހެ މަދާރީ ޔަހާނ ކޯން ޖަމޫރާ
(މިތާނގައި މަކުނުނެށްޓިއަކީ ކާކު ހެއްޔެވެ؟ މަކުނަކީ ކާކު ހެއްޔެވެ؟ މާނައަކީ ވެރިންނަކީ ކޮބައިކަމާއި ރައްޔިތުންނަކީ ކޮބައިކަން މިހާރު އޮޅިއްޖެއެވެ.)

ކުރްސީޕެ ޖޮ ބެއިޓާ އުސެ މެއިނ ބާދްޝާ ސަމްޖާ
(އަހަރެން މި ހުންނަނީ ގޮނޑީގައި އެ އިށީން މީހާއަކީ ބައިސާ (ތާސްބައިގެ ރަސްގެފާނު) ކަމުގައި ބަލައިގެންނެވެ. މާނައަކީ އެއީ ރަސްކަލަކު ކަމުގައި ހަދައިގެން އެކަން ގަބޫލުކޮށްގެންނެވެ. އޭނާއަށް ރަސްކަލެއްގެ ދަރަޖަ ދީގެން އުޅެނީ ރައްޔިތުން އަމިއްލައަށެވެ.)
އައުރް ޚުދްކޮ ސަމަޖް ބެއިޓާ މެއިނ ޗީޅިކަ ދުއްރާ
(އަދި އަހަރެން މި ހުންނަނީ އަހަރެން މިއީ (ތާސްބައިގެ) ޗިޅިޔާ ދޭއް ކަމުގައި އަމިއްލައަށް ގަބޫލު ކޮށްގެންނެވެ. މާނައަކީ މާދެރަ، ނިކަމެތި މީހަކު ކަމުގައި ގަބޫލުކޮށް ރުހިގެންނެވެ. ރަސްގެފާނުގެ އަޅުންކަމުގައި ވެގެން އުޅެނީ ރައްޔިތުން އަމިއްލައަށެވެ.)

ސޭވާކަ ވާދާ ކަރްކޭ ވޯހ ތޮ މޭވަ ކާގަޔާ
(ޚިދުމަތުގެ ވަޢުދުވެފައި އޭނާ ފެށީ މޭވާ ކާށެވެ. މާނައަކީ ރައްޔިތުންނަށް ޚިދުމަތް ކުރާނަމޭ ކިޔާފައި ރަސްގެފާނު ފަށައިގަތީ ވެރިކަމުގެ އަރާމާއި އުފަލާއި ފައިދާ ލިބިގަންނާށެވެ.)
ހާނ މޭވަ ކާގަޔާ ރެ ވޯހ ތޮ މޭވަ ކާގަޔާ
(އާނއެކެވެ. އޭނާ ހަމަ ހަގީގަތުގައިވެސް ފެށީ މޭވާ ކާށެވެ.)
ރާޖާ ވޮ ޚުދް ބަނާ މުޖޭ ޕިޔާދާ ބަނާގަޔާ
(އޭނާ ބޮނދަށް ވެގެންފިއެވެ. އަދި އަހަރެމެން މަނަޔަށް ހަދައިފިއެވެ. ރާޒުވާ ކުޅިބައިގައި ބޮނދަކީ ރަސްގެފާނެވެ. މަނާތައް ހުންނާނީ ކުޅިބައިގެ ކުރީގައި އަތުރައިފައެވެ. މި ބައިގެ މާނައަކީ ވެރިކަން ލިބުނީމާ މާ އުހަށް އަރައި ބޮޑުވެގެންފިއެވެ. އަދި ރައްޔިތުން އެއީ ކުނިބުނި ކަމުގައި ހަދައިފިއެވެ.)
މަތު ބަޅަކް މެރޭ ދިލް. ޔޫނ ޚުދްޕެ ނަ ގުއްރާ
(އޭ އަހަރެންގެ ހިތާއެވެ. ރުޅިއައިސްގެން ނުފުފޭށެވެ. އަމިއްލަ ނަފުސަށް ނުބަވާށެވެ. ނިޒާމު މި ގޮތަށް އެނބުރިގެން ދިޔައީތީ ހިތާމަކޮށް އަމިއްލަ ނަފުސަށް މަލާމާތްކޮށް ނުހަދާށެވެ.)
ތޫހިތަ ނާ ސަމަޖް އުސެ ޖޯ ދޭދިޔަ ތުއްރާ
(މޮޔައީ ކަލެއެވެ. އޭނާ (ވިޔާނުދާ ވެރިން) އެހައި އުހަށް އުފުލައި ފުފިގަންނާނޭ ޖާގަ ދިނީ ކަލެއެވެ. ވެރިކަން ދީފައި އޭނާއަކީ އާދަޔާ ޚިލާފަށް ބޮޑު މީހަކު ކަމުގައި ހެދީ އަހަރެމެން އަމިއްލައަށެވެ. ޚުޝާމަދުކުރުމާއި ވައިއެޅުވުމުގައި ރެޔާއި ދުވާލު އުޅެނީ އަހަރެމެންނެވެ.)

ޖަންތާކަހޭ ޔެ ތަންތަރް، ޖަންތާހި އިސްކަ މަންތަރް
(ނުބައި ވެފައި އޮތް ކަމުގައި ވިޔަސް މި ނިޒާމަކީ ރައްޔިތުންގެ އެއްޗެކެވެ. ނިޒާމުގައި ހުރި ނުބައި ކަންތައްތައް ފިލުވަން ތިބި ބަޔަކީވެސް ރައްޔިތުންނެވެ. މާނައަކީ ނުބައިކޮށް އޮތް ނިޒާމު ރަނގަޅުކޮށް ހަމައަކަށް އެޅުވޭނީވެސް ރައްޔިތުންނަށެވެ.)
ޖަންތާހި ރާޖާ ޕަރްޖާ، މައިދާރި އައުރް ޖަމޫރާ
(ރަސްގެފާނަކީވެސް އާއްމު މީހާއަކީވެސް ރައްޔިތުންނެވެ. މަކުނުނެށްޓިއަކީވެސް މަކުނަކީވެސް ހަމަ އަހަރެމެންނެވެ. މާނައަކީ ވެރިއަކު ހޮވަނީވެސް އަހަރެމެންގެ ތެރެއިންނެވެ. އެހެންވީމާ އެންމެންނަކީވެސް ރައްޔިތުންނެވެ. ކޮންމެ ބަޔަކުވެސް ޖެހޭނީ އެ ބައެއްގެ ޒިންމާ ތެދުވެރިކަމާއެކު އަދާ ކުރާށެވެ. ވެރިމީހާ ކަސިޔާރުވެއްޖެނަމަ އޭނާ ހަމަ މަގަށް އަޅުވާނީ ރައްޔިތުންނެވެ.)
ޔޭ ދޭޝްހޭ ސްވަތަންތަރް، ޔޭ މުލްކްހޭ ސުވަތަންތަރް
(މި ގައުމަކީ މިނިވަން ގައުމެކެވެ. މި ދައުލަތަކީ މިނިވަން ދައުލަތެކެވެ. ރައްޔިތުންނަކީ ފުރިހަމައަށް މިނިވަންކަން ލިބިފައިވާ ބައެކެވެ.)
މުޖްކޯހި ޕޫރަ ކަރްނާ ހަރް ކާމް އަދޫރާ
(ފުރިހަމަ ނުކުރެވި ހުރި ހުރިހައި ކަމެއް ފުރިހަމަ ކުރުމަކީ އަހަރެންގެ ކަމެކެވެ. ގައުމުގެ ނިޒާމު އޮތީ ރަނގަޅަށް ނޫންކަމުގައި ވަނީނަމަ ރަނގަޅު ކުރުމަކީ ރައްޔިތުންގެ ކަމެކެވެ. ރަނގަޅު ކުރުމަށްޓަކައި ކުރާން އޮތް ކަމެއް ވިއްޔާ ކޮންމެ މީހަކުވެސް ވާނީ ކުރާށެވެ.)
އަބް ޕީކޭ ނަ ޖޫމޭ ކޮއި ސައްތާކަ ދަތޫރާ
(މީގެ ފަހުން ވިޔާނުދާ އަމިއްލަ އެދުން ބޮޑު ވެރިން ވެރިކަމުގެ މަސްތުގައި އަހަރެމެންގެ ބޮލަށް ސަވާރުވެ ނަށައިގަންނަގޮތް ނުވާނީ އޭރުންނެވެ.)

ކޯންހޭ މަދާރީ ޔަހާނ ކޯން ޖަމޫރާ
(މިތާނގައި މަކުނުނެށްޓިއަކީ ކާކު ހެއްޔެވެ؟ މަކުނަކީ ކާކު ހެއްޔެވެ؟)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.