މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ބައިވެރިވާނަން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ބައިވެރިވެވަޑައިގަންނާނޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންއގެ މަޖިލީހުގެ އައި ދައުރު ފެށޫމާ ގުޅިގެން މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ.

ކުޑައީދުގެ ތަހުނިޔާ ވިދާޅުވުމަށް ފަހު މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. "މަޖިލީހުގެ މި ދައުރުގެ މަސައްކަތް ފެށީގެން މި ދަނީ އަޅުގަނޑުގެ ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ނުރައްކާތެރި ހަމަލައެއް އަޅުގަނޑަށް އަމާޒުކޮށް ދެވިފައި ވަނިކޮށް. މި ނުރައްކާތެރި ބިރުވެރި ހާލަތުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ހީވާގި ކަމާއެކު ތިޔަ ހުރިހާ ޢިއްޒަތްތެރި މެންބަރުން މަސައްކަތް ކުރައްވާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. ޤައުމުގެ މަސްލަހަތު އިސްކުރައްވައި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބައާއި މަންފާއަށް މަސައްކަތް ކޮށް ދެއްވާނެކަން އަޅުގަނޑަށް ޔަގީން."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.