ބަނާނާ އޯޓްސް ސްމޫތީ

މިއީ ސިއްހަތަށް ވަރަށް ފައިދާ ހުރި ބުއިމެކެވެ. އާއްމުކޮށް ގޭގައި ގެންގުޅޭ އަދި ފަސޭހައިން ލިބޭ  ދެތިން އެއްޗަކުން ތައްޔާރުކޮށްލެވޭނެ ބުއިމެވެ. މިގެނެސް ދެނީ އެންމެ ތަށްޓެއް ތައްޔާރުކުރާނެ ގޮތެވެ. ގިނަމީހުންނަށް ތައްޔާރު ކުރާނަމަ މީހުންގެ އަދަދަށް ބަލައި އިތުރު ކޮށްލާނީއެވެ. މިއީ ވަރަށް ފަސޭހަ އަދި ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭނެ ބާވަތެއްވެސް މެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ކަމުދާނެ ބާވަތެކެވެ. 

ބޭނުންވާ ތަކެތި 

  • އެއް ވައް ދޮންކެޔޮ (ރަނގަޅަށް ދޮންވެފައިވާ)
  • ½ ޖޯޑު (50 ގްރާމް) އޯޓްސް 
  • އެއް ޖޯޑު ކިރު (ގިރާފައި)

ތައްޔާރު ކުރާނެ ގޮތް

1- ބްލެންޑަރަށް އޯޓްސް އަޅާލުމަށް ފަހު ވަރަށް ހިމުންކޮށް މުގުރާލާށެވެ. 

2- ދެން ގިރާފައި ހުރި ކިރާއި ދޮންކެޔޮވައް ބުރިބުރިކޮށްލުމަށް ފަހު ބްލެންޑަރަށް އަޅައިލުމަށްފަހު ގިރާލާށެވެ. ދެން ބޮޑު ބިއްލޫރި ތަށްޓަކަށް އަޅާލައިފައި ސާވް ކޮށްލާށެވެ. 

ނޯޓް: ޕައުޑަރ މިލްކް ގިރައިގެން ބޭނުން ކުރުމުގެ ބަދަލުގައި ދިޔާ ކިރު ޕެކެޓް ވެސް ބޭނުންކުރެވިދާނެއެވެ.  ސްމޫތީ ތައްޔާރު ކުރުމުގެ ކުރިން ކިރު ފިނިކޮށްލައިފައި ބެހެއްޓުމުން ވަގުތުން ސްމޫތީ ބޯލެވޭނެއެވެ. އެހެން ނޫނީ، ފިނިކޮށް  ބޯންބޭނުންނަމަ ފްރިޖަށް ލައިގެން ޖެހޭނީ ފިނި ކުރާށެވެ. އެއީ ވަގުތު ނަގާނެ ކަމެކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.