މިއަދުން ފެށިގެން 18 އަހަރުން މަތީގެ ހައިރިސްކު މީހުންނަށް ވެކްސިން ދެނީ

މިއަދުން ފެށިގެން އުމުރުން 18 އަހަރުން މަތީގެ ހައިރިސްކު މީހުންނަށް ވެކްސިން ދޭން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

އެޗްޕީއޭއިން ބުނެފައިވަނީ އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސް ކާ މީހުންނަށް މާދަމާ ވެކްސިން ދިނުން އޮންނާނެކަމަށެވެ. އަދި 55 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދިނުން ކުރިއަށް ދާނެކަމަށެވެ. 

މިހާތަނަށް ރާއްޖެއިން ކޯވިޑް ވެކްސިން ދިން މީހުންގެ އަދަދު ވަނީ 27367 އަރާފައެވެ. އެއީ މާލޭ ސަރަހައްދުން 22456 މީހުންނަށާއި އަތޮޅުތަކުން 4911 މީހުންނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.