އަގުހުރި އިނާމުތަކާއެކު އެސްޓީއޯ "ރަމަޟާން ބާޒާރު 2021" ފަށައިފި 

އަގުހުރި އިނާމުތަކާއެކު އެސްޓީއޯ "ރަމަޟާން ބާޒާރު2021" ފަށައިފިއެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް  ރަމަޟާންމަހާ ދިމާކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މިއަދު ފެށި އެސްޓީއޯގެ "ރަމަޟާން ބާޒާރު"  22 އޭޕްރީލުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ކަނޑައަޅައިފައިވަނީ 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީ، ހިޓާޗީ ފްރިޖް، ޓެކްނޯ ދޮންނަ މެޝިން، ފިލިޕްސް ސައުންޑް ބާގެ އިތުރުން ސެންފޯޑް އަވަނެވެ. ދެވަނަ އިނާމަކަށް ވަނީ 55 އިންޗީގެ ފިލިޕްސް އެލްއީޑީ ޓީވީ، ހިޓާޗީ ފްރިޖް، ހިޓާޗީ ވެކިއުމް ކްލީނާގެ އިތުރުން ކުކަރެކެވެ. ތިންވަނަ އިނާމަކަށް ހުށައަޅާފައިވަނީ 43 އިންޗީގެ އޭއޯސީ ސްމާޓް ޓީވީ، ހިޓާޗީ ދޮންނަ މެޝިންގެ އިތުރުން ހިޓާޗީ ވެކިއުމް ކްލީނާ އެކެވެ.

އެސްޓީއޯ "ރަމަޟާން ބާޒާރު" ގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ އެސްޓީއޯ ހޯމް އިމްޕަރޫވަމަންޓުން ނަމަ 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރުމުންނެވެ. އަދި އެސްޓީއޯ ސުޕަމާޓުންނަމަ 500 ރުފިޔާގެ ވިޔަފާރި ކުރުމުންނެވެ. އެސްޓީއޯ ސުޕަމާޓްގައި "ރަމަޟާން ބާޒާރު" ފެށޭނީ މާޗް މަހުގެ މެދުތެރޭގައެވެ. 

މި ޕްރޮމޯޝަންގައި ހިޓާޗީ ބްރޭންޑުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. ނިޕޯން ކުލައިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ޓީވީން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. މިއަދުން ފެށިގެން ހޯމް އިމްޕްރޫވްމެންޓްގެ އައިޓަމްތައް އީ ސްޓޯރ އިން ގަތުމުން، ޑެލިވަރީ ކޮށްދޭނެކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ. ކުރިން ޑެލިވަރީ ކޮށްދެނީ ސުޕަމާޓްގެ އައިޓަމްތަކާއި ހޯމް އިމްޕްރޫވްމަންޓުން ގަންނަ ފުރިޖާއި ދޮންނަމެޝިންފަދަ ތަކެއްޗެވެ. 

މިއަދު "ރަމަޟާން ބާޒާރު" ފަށައިފައިވާއިރު މަކީޓާ ޕްރޮމޯޝަން މާރިޗު މަހު ފެށޭނެކަމަށް އެސްޓީއޯން ބުނެއެވެ. 

އެސްޓީއޯ އިން ބުނީ ލަކީ ޑްރޯ ހިނގަމުންދާއިރުވެސް އަދި ނިމުމަށް ފަހުވެސް ރަމަޟާން ބާޒާރުގެ ނުވަތަ އެހެންވެސް ޕްރޮމޯޝަނަކާ ގުޅިގެންލިބޭ އިނާމެއް ދިނުމަށް މުވައްޒަފެއްގެ މޮބައިލް ނަމްބަރުން ނުގުޅާނެކަމަށެވެ. ގުޅާނީ އެކުންފުނީގެ ރަސްމީ ނަމްބަރުތަކުން ކަމަށެވެ. އަދި  ގުޅާފައި އެކައުންޓް ނަމްބަރު ނޫނީ ކޭޝްކާޑު ނަމްބަރު ހޯދަން ނާހާނެކަމަށް، އާއްމުންގެ މައުލޫމާތަށްޓަކައި އެކުންފުނިން ހާމަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.