ބައިސްކޯފުގެތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ފަހު އެތަންތާނގައި އަމަލު ކުރަން ޖެހޭ ގޮތުގެ މިންގަނޑު އެޗްޕީއޭއިން އާއްމުކޮށްފިއެވެ.
މި މިންގަނޑުގައި އެންމެ ފުރަތަމަ އޮތީ ބައިސްކޯފުގެތަކުން އަމަލުކުރަން ޖެހޭ ގޮތެވެ. ފުރަތަމަ ކަމަކީ ތަނަށް ވަދެ ނިކުމެވާ ދޮރުގެ ކައިރީގައްޔާއި އެތެރޭގެ އެކި ހިސާބުތަކުގައި ކޯވިޑް-19 އިން ރައްކާތެރިވާން ކުރަން ޖެގހޭ ކަންތައްތައް އެނގޭނޭ މައުލޫމާތު ލިޔެރފައި ބެހެއްޓުމެވެ. އޭގެ ތެރޭގައި ހިމެނެނީ މާސްކު އެޅުމާއި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމާއި، އަތްދޮވެ ސާފުކުރުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުން ފަދަ ކަންކަމުގެ އިރުޝާދެވެ.
ދެވަނަ ކަމަކީ ތޮއްޖެހިގެން ވަނުން ހުއްޓުވޭނޭ ގޮތަކަށް ކަންތައް އިންތިޒާމު ކޮށްފައި ބެހެއްޓުމެވެ.
ތިންވަނަ ކަމަކީ ސައިބޯނި ލައިގެން ނއަތް ދޮވެވޭނޭ އިންތިޒާމު ހަމަޖައްސާފައި ބެހެއްޓުނެވެ.
ހަތަރުވަނަ ކަމަކީ ކޯވިޑް-19 ގެ އަލާމާތެއއ ހުރިތޯ ބެލޭނޭ އިންތިޒާމު ހަމަޖައްސާފައި ބެހެއްޓުނެވެ. އަދި ޓިކެޓު ޗެކުކުރާއިރުވެސް ތިން ފޫޓުގެ ގައިދުރުމ،ިން ބެހެއްޓޭނޭ ގޮތަކަށް އަމަލު ކުރުމެވެ.
ފަސްވަނަ ކަމަކީ ތަނުގެ މުވައްޒަފުން މާސްކާއި އެޅުމާއެކު ފޭސް ޝީލްޑްވެސް އަޅައިގެން ތިބުމެވެ.
މި ކަންކަމުގެ އިތުރަށް ބައިސްކޯފަށް ވަންނަ މީހުން މާސްކު އަޅައިގެން ތިބޭތޯ ބަލައި ކަށަވަރު ކުރުމާއި، އެމީހަކު ބޭނުން ގޮނޑިއެއްގައި އިށިނދެވޭ ގޮތުގެ ބަދަލުގައި ގޮނޑީ ނަންބަރު ޖަހާފައި ޓިކެޓު ވިއްކުމާއި ވަންނަ މީހުންނަށް ގެންނަ ފެންފުޅިއެއް ފިޔަވައި އެހެން އެއްވެސް ކާ އެއްޗެއް ނުވަތަ ބޯ އެއްޗެއް ވެއްދުން މަނާ ކުރުންވެސް ހިމެނެއެވެ.
މި މިންގަނޑުގައި ވަނީ ބައިސްކޯފުގޭގެ މާލަން ހުންނަން ޖެހޭ ގޮތާއި މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތްވެސް ބަޔާން ކޮށްފައެވެ.
ބައިސްކޯފަށް ވަންނަ މީހުން އަމަލު ކުރަން ޖެހޭ ގޮތުގެ ތެރޭގައި ކޯވިޑް-19 ގެ އެއްވެސް އަލާމަތެއް ފެނިއްޖެނަމަ ފުލޫ ކްލިނިކަށް ދިއުން ހިމެނެއެވެ. އަދި ކަރަންޓީނުގައި ނުވަތަ އައިސޮލޭޝަނުގައި ހުރި އެއްވެސް މީހަކު ބައިސްކޯފަށް ނުދިއުމާއި، ޓެސްޓަށް ކުޅު ނަގާފައިވާނަމަ ނަތީޖާ ލިބެންދެން ނުގޮސް ހުރުމަކީވެސް މިންގަނޑުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.
ބައިސްކޯފުގޭގައި ހުއްޓާއި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ މީހުންނާ އެކަހެރިވަމުން މާލަމުން ނުކުމެ، ތަނުގައި އެވަގުތު ތިބި ހިންގާ މުވައްޒަފުންނަށް އެކަން އެންގުމާއެކު އަވަހަށް ފުލޫ ކްލިނިކަށް ދާންވެސް އަންގާފައި ވެއެވެ.
ބައިސްކޯފުގޭގައި ހޭދަކުރާ ވަގުތު މާސްކު އަޅާއިގެން ހޭދަކުރުމާއި، އަތްނ ސާފުތާހިރުކޮށް ބެހެއްޓުމާއި ގައިދުރުމިނަށް ސަމާލު ވެގެން އުޅުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.