ބިއްލޫރި ޕެލެޓުގެ ދަށުވެ ޒަޚަމްވި ޒުވާނާ މަރުވެއްޖެ

ބިއްލޫރި ޕެލެޓެއްގެ ދަށުވެ ޒަޚަމްވި ޒުވާނާ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. 

ލިބުނު ޒަހަމް ތަކަށް އައޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ޒުވާނާއަކީ  ނ. ލަންދޫއަށް އުފަން އުމުރުން 27 އަހަރުގެ އަބްދުﷲ އާސިމެވެ. އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

މިމަހު ހަތްވަނަ ދުވަހުގެ ރޭ އިރާކޮޅު އެމްޕީއެލް ސަރަހައްދުގައި ކޮންޓޭނަރަކުން ބިއްލޫރި ޕެލެޓްތަކެއް ނެރުމުގެ ތެރޭގައި އަނިޔާވި ދެވަނަ މީހާ ޖެހިގެން އައިދުވަހު ފަރުވާއަށްފަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެހާދިސާ ހިނގީ ފޯކްލިފްޓެއް ބޭނުން ކޮށްގެން ބިއްލޫރި ޕެލެޓްތައް ނެރުމުގެ ތެރޭގައި އެ ޕެލެޓެއްތައް އަރިއަޅާލައިގެން ވެއްޓުމުގެ ސަބަބުންނެވެ. މަރުވި ޒުވާނާ ޕެލެޓް ތަކުގެ ތެރޭގައި ތާށިވެ އޭނާ ސަލާމަތްކުުރުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ވަނީ ހަރަކާތްތެރިވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.