މާލޭ އެމްޕީއެލް ސަރަހައްދުގައި ކެމިކަލްތަކެއް ލީކުވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ

މާލޭ އެމްޕީއެލް ސަރަހައްދުގައި، ހަންތަކެއްގައި ބަންދުކޮށްފައި ހުރި ކެމިކަލްތަކެއް ލީކުވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެމްޕީއެލް ސަރަހައްދުގައި ހުރި ހަންތަކެއްގައި ބަންދުކޮށްފައި ހުރި ކެމިކަލްތަކެއް ލީކްވެފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އެ ސަރަހައްދު ސާފުކުރަމުން އަންނަކަމަށެވެ.

އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް ވެސް އެ އިދާރައިން ބުނެއެވެ.

މިހާރު ސިފައިން ދަނީ އެސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.