ފިއްލަދޫގައި ހޯމްކަރަންޓީނުގައި ހުރި ބިދޭސީއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ފިއްލަދޫގައި ހޯމްކަރަންޓީނުގައި ހުރި، ބިދޭސީއަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. 

ފިލަދޫން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އެރަށުގެ ސްކޫލުގައި މަސަައްކަތްކުރާ އިންޑިއާ ޓީޗަރެއްްގެ އަންހެނުންނެވެ. ފިލައްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެއަންހެންމީހާ ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ހޯމްކަރަންޓީނަށް ފަހު ހެދި ޓެސްޓުން ކަމަށެވެ. އަންހެން މީހާއާއެކު  ކަރަންޓީނުގައި ހުރި އޭނާގެ ފިރިމީހާއާއި ދަރިފުޅުގެ ޓެސްޓް ވަނީ ނެގެޓިވް ވެފައެވެ. އަންހެން މީހާ ހޯމް ކަރަންޓީންގައި ހުރުމުން އިތުރު މީހަކާ ކޮންޓެކްޓްވެފައި ނުވާކަމަށް ފިއްލަދޫ ކައުންސިލުން ވިދާޅުވިއެވެ. ކޯވިޑަށް ޕޮޒިޓިވްވުމުން އަންހެންމީހާ ހުރީ އެކަހެރިކޮށް ކަރަންޓީން ކޮށްފައިކަމަށް ކައުންސިލުން ވިދާޅުވިއެވެ. އަންހެން މީހާ ކޯވިޑަށް ޕޮޒިޓިވް ވީނަމަވެސް އޭނާގެ ކިބައި އެއް ވެސް އަލާމާތެއް ނުފެނެއެވެ. 

ކުރިންވެސް ފިއްލަދޫން ތިން މީހަކު ކޯވިޑަށް ޕޮޒިޓިވް ވިއެވެ. އެފަހަރު ޕޮޒިޓިވް ވެފައިވަނީ އެރަށު މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރި ތިން ފަޅުވެރިންނެވެ. އެއީ ދެ ބިދޭސީންނާއި ދިވެއްސެކެވެ. އެމީހުންގެ ފަރާތުން އެއްވެސް މީހަކަށް ބަލި ފެތުރިފައެއް ނުވެއެވެ. އެތިން މީހުންނަށް ކޯވިޑް ޖެހުނީ އެއަތޮޅު ކެލާގައި ދުއްވާ މާލެދަތު ކުރާ ބޯޓެއްކަމަށް ސަވާރީ ބޯޓްގެ ކްލަސްޓަރ އިންނެވެ. 

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ އިތުރުވާން ފަށައިފައެވެ. ވޭތުވެދިޔަ ދެދުވަހުގެ އަލަށް ޕޮޒިޓިވް އަދަދު އުޅުނީ 50 އިން މަތީގައެވެ.  އިއްޔެ ކޯވިޑަށް އަލަށް ޕޮޒިޓިވް 59 މީހުންނާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ  14،277އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.