ހއ. ފިއްލަދޫ އިން
ހއ. ފިއްލަދޫގެ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިއަދު މެންދުރު ވަނީ މާލެއަށް ގެންގޮސްފައެވެ. ޢުމުރުން 23 އަހަރުގެ މި ބަލިމީހާކީ ޑިޕްރެޝަންގެ ޙާލަތު ސީރިއަސްވެ އިތުރު ފަރުވާދިނުމަށް މާލެއަށް ގެންދެވުނު މީހެއްކަމަށް އާއިލާއިން މަޢުލޫމާތު ދިނެވެ.
ބަލިމީހާ އިތުރު ފަރުވާއަށް މާލެ ގެންދެވިފައިވާއިރު ބަލިމީހާގެ މައްސަލައިގައި ފިއްލަދޫ ޞިއްޙީ މަރުކަޒާއި އާއިލާ ދެމެދު ވަނީ ހިތްނުތަނަވަސްކަމެއް އުފެދިފައެވެ. އާއިލާގެ ފަރާތުން މައުލޫމާތު ދިންގޮތުގައި ބަލީމީހާގެ ފަރުވާ ލަސް ވުމުގައި ފިއްލަދޫ ޞިއްޙީމަރުގެ އިހުމާލު ވަރަށް ބޮޑެވެ. ބަލިމީހާ އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވެގެން ގޮސްފައިވަނީ ރަށުގެ ޞިއްޙީ މަރުކަޒުން އާސަންދަ އޮފީހަށް ލިބެންޖެހޭ ލިޔުމެއް ލަސްވުމުގެ ސަބަބުން ކަމަށް އާޢިލާއިން ތުޙުމަތު ކުރެއެވެ. ލިޔުން ބޭނުންވާ ގޮތަށް އަވަހަށް ތައްޔާރު ކޮށްދެއްވިނަމަ އިއްޔެގެ ވަގުތެއްގައި ބަލިމީހާ މާލެ ގެނެވުނީސް ކަމަށް އާއިލާއިން ބުނެއެވެ. އިތުރު ފަރުވާ ދިނުން ލަސްވާވަރަކަށް ބަލިމީހާގެ ޙާލަތު ދިޔައީ ގޯސް ވަމުންކަމަށް އާއިލާއިން ބުނެއެވެ.
ބަލިމީހާއަށް ފަރުވާ ދިނުމަށް ޞިއްޙީ މަރުކަޒަށް ދިޔައީ ތިންރޭ ވަންދެން ނުނިދައި އުޅުމުންކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ޞިއްޙީ މަރުކަޒަށް ދިޔައިރު އިންކެޖްޝަނެއްވެސް، ދެވޭނެ ފަރުވާއެއް ވެސް އަތަނުގައި ނެތްކަމަށް އާއިލާއިން ބުނެއެވެ. ސްޓޮކްގައި އިންޖެކްޝަން ހުރިކަމަށް ބުނެ ޞިއްޙީ މަރުކަޒުން އެކަމުގައި ދޮގުހަދައިފައިވާކަމަށް އާއިލާއިން ތުޙުމަތު ކުރެއެވެ. ދެވޭނެ ފަރުވާ ނެތުމުން ބަލިމީހާ ގެޔަށް ގެނައީ ގޭގައި ބާއްވައިގެން ފަރުވާދެއްވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެކަމަށް ޞިއްހީ މަރުކަޒުން ބުނުމުން ކަމަށް އާއިލާއިން ބުނެއެވެ. ޑޮކްޓަރުގެ ޚަބަރެއް ނުވުމުން ޢާއިލާއިން އަނެއްކާވެސް ހޮސްޕިޓަލަށް ގޮސް ޑޮކްޓަރާ ބައްދަލުކުރުމުން ބަލިމީހާ މަރުކަޒަށް ގެނައުމަށް އެދުނުކަމަށް އާއިލާއި ބުނެއެވެ. ނަމަވެސް ބަލިމީހާގެ އެތަނަށް ގެންދެވޭވަރަށްވުރެ ޙާލަތު ގޯސްކަމަށް އާއިލާއިން ޞިއްހިމަރުކަޒުގައި ބުންޏެވެ. ޑޮކްޓަރ ބަލިމީހާ ބެލުމަށް ނަރުހުންނާއިއެކު ގެއަށް ވަޑައިގެންނެވީ އާއިލާގެ ފަރާތުން ޞިއްޙީ މަރުކަޒުގައި އިހްތިޖާޖު ކުރުމުން ކަމަށް އެއާއިލާއިން ބުނެއެވެ. ބަލި މީހާގެ ޙާލަތު ޑޮކްޓަރ ކިޔައި ދިނުމުން އާސަންދަ ވަގުތުން ހަމަޖެހުނުކަމަށް އާއިލާއިން ބުންޏެވެ. ޞިއްހީ މަރުކަރުން ފުރަތަމަ އެދުނީ ފަރުވާއަށް ކުޅުދުއްފުށްޓަށް ފޮނުވުމަށްކަމަށް، އާއިލާއިން ބުނެއެވެ. އެތަނުން ބޭނުންވާ ފަރުވާ ލިބޭނެކަމުގެ ޔަޤީންކަން ނެތުމުން މާލެއަށް ،ގެންދިއުމަށް ހަމަޖައްސައިދެއްވިކަމަށް އާއިލާއިން ބުނެއެވެ. ބަލިމީހަކީ ނުރައްކާތެރި ބަލިމީހެއްކަމަށް އާސަންދައަށް ފޮނުވާ ލިޔުމުގައި އޮތުމުން، މޯލްޑިވިއަންއިން ވެސް ރިޖެކްޓް ކުރީކަމަށް އާއިލާއިން ބުނެއެވެ. ހެލިކޮޕްޓަރުގައި ވެސް ގެންދިއުން ލަސްވެގެންދިޔައީ ލިޔުން ބޭނުންވާ ގޮތަށްތައްޔާރު ކުރުމުގައި ލަސް ވުމުން ކަމަށް އާއިލާއިން ތުޙުމަތު ކުރެއެވެ.
ފިއްލަދޫ ބަލިމީހާގެ މައްސަލަގައި ޞިއްޙީ މަރުކަޒުގެ އިހްމާލު ވުން އޮތްކަމަށް އާއިލާއިން ބުނި ނަމަވެސް ޞިއްޙީ މަރުކަޒުން އެކަން ދޮގުކުރެއެއެވެ. ޞިއްޙީ މަރުކަޒު ހިންގެވުމާ ޙަވާލުވެ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާތުމަތު ރައޫފާ މަޢުލޫމާތު ދެއްވި ގޮތުގައި ޕޭޝަންޓް އެތަނަށް ފަރުވާ ހޯދުމަށް އައުމަށް ފަހު އެތަނުން ޕޭޝަންޓާމެދު ޢަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށެވެ. އަދި ފަރުވާއަށް ބޭނުންވާ ސާމަނަކީ ހުސްވާ ވަރަކުން ދިއްދުއާ ކެލައިން އަބަދުވެސް ގެންނަ ސާމާނުކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލައަކަށްވީ ބަލިމީހާގެ އާޢިލާގެ ފާރާތުން ބޭނުންވިހާ އަވަހަށް ކަންކަން ނުވުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ކޮންމެ ކަމަކީ ވެސް ޕްރޮސީޖާތަކެއްގެ ދަށުން ހިނގާ ކަންކަމަށް ވުމުން އެކަމަށް ވަގުތު ނަގާނެކަން ރައޫފާ ފާހަގަ ކުރެއްވިއެވެ. ބަލިމީހާ މާލެ ގެންދެވުމަށް މޯލްޑިވިއަން ހަމަނުޖެހުނީ މިދުވަސް ކޮޅު ޝެޑިއުލްދަތުރުތައް ގިނަކަމުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެމްއެންޑީއެފްގެ ހެލިކޮޕްޓަރ ހަމަޖެއްސުމަށް ވެސް އަމިއްލައަށް މަސައްކަތް ކޮށްދެއްވިކަމަށް އޭނާ ވިދާޅުވިއެވެ. ލިޔުން ނުލިބިގެން ބަލިމީހާ މާލެ ނުގެނެވި ލަސްވިކަމަށް އާއިލާއިން ބުނާ ވާހަކަ ރައޫފާ ދޮގުކުރެއްވިއެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރގައި އެބަލިމީހާ މާލެއަށް ގެންދިއުމުގެ ކަންތައް މިއަދުގެ ހެނދުނަށް ހަމަޖެހިފައިވާ ކަމަށް އިއްޔެ އާއިލާއަށް އަންގައިފައިވާނެކަމަށް ރައޫފާ ވިދާޅުވިއެވެ. ނަމަވެސް އާއިލާއިން ވަނީ އެކަން ހަމަ ނުޖެހި އޮތުމުން ރޭގެ ވަގުތެއްގައި ވެސް ޞިއްޙީ މަރުކަޒަށް ގޮސް އިހުތިޖާޖުކޮށްފައެވެ. އާޢިލާއިން ބުނީ އެމްއެންޑީއެފް ގައިވެސް އަދި އާސަންދައިގައިވެސް އާއިލާއާ ގުޅުން އޮންނަ މީހުން ތިބުމުން އެކަމުގައި ކޮށްފައިވާ މުޢާމަލާތުތަކުން ޞިއްޙީ މަރުކަޒުގެ އިހުމާލުއޮތް ކަން އެނގޭކަމަށެވެ. އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އިއްޔެ ހަވީރު އެހެން ދަތުރެއް ނަގައިފައިވަނީ ޞިއްޙީ މަރުކަޒުން ފޮނުވި ލިޔުން އޮތްގޮތުންކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ ބަލިމީހާ ނުރައްކާތެރިކަމަށް ލިޔެފައި، މަތިން ގެންދަން ކަންތައް ކުރައްވާނެ ގޮތެއް ސިޓީގައި ލިޔެފައި ނެތުމުން ކޮންމެ ސިޓީއެއްވެސް އާސަންދައިން ރިޖެކްޓްކުރީ ކަމަށެވެ. އާސަންދައަށް ޤަބޫލުކުރެވޭ ގޮތަށް ފޮނުވިފައި ވަނީ ހަތަރު ވަނަ ސިޓީކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ޞިއްޙީ މަރުކަޒުން އެކަން ދޮގު ކުރެއެވެ.
ޞިއްޙީމަރުކަޒު ހިންގެވުމާ ޙަވާލުވެ ހުންނެވި ފާތުމަތު ރައޫފާ ވިދާޅުވީ ޕޭޝަންޓްގެ އާއިލާއިން ރޭގެ ވަގުތެއްގައި ޞިއްޙީ މަރުކަޒު ކައިރިއަށް އައިސް އަޑުގަދަކޮށް ހެދުމުން ޑޮކްޓަރާއި އެތަނުގެ ސްޓާފުންނަށްވެސް ވަރަށް ބޮޑަށް ނުތަނަވަސްކަން ލިބުނު ކަމަށެވެ. ބަލީމީހާގެ އާއިލާއިން ބުނީ ޚިދުމަތް ލަސްވުމުން ހިތްހަމަ ނުޖެހުން ފާޅުކޮށް ޞިއްޙީ މަރުކަޒުގައި އިޙްތިޖާޖު ކުރިކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުން ޞިއްޙީ މަރުކަޒަށް އައިސް އެކަން ސިޔާސީ ކުރަން މަސައްކަތް ކުރިކަމަށެވެ.
ޞިއްޙީމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާތުމަތު ރައޫފާ ވިދާޅުވީ މިއަދު ބަލިމީހާ މާލެ ފޮނުވާލައިފައި ވަނީ އެމަރުކަޒުގެ ދެނަރުހުންނާއެކުކަމަށެވެ. އުޞޫލެއްގެ ގޮތުން ގެންދަނީ އެންމެ ނަރުހެއްކަމަށް ރައޫފާ ވިދާޅުވިއެވެ. ނަމަވެސް އޭނާ އެކަމަށް އެދިވަޑައިގެން އެގޮތަށް ހަމަޖައްސައު ދެއްވީކަމަށް ވިދާޅުވިއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ފަލާޙް ވިދާޅުވީ ބަލިމީހާގެ ފަރުވާ ކަންކަމުގައި ސިޔާސީ ގޮތުން ނިންމަންޖެހޭ ކަމެއް އޮތްނަމަ އެކަމުގައި ކައުންސިލްގެ ރައީސްގެ ޙައިޞިއްޔަތުން އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށެވެ. ޞިއްޙީމަރުކަޒާއި އާޢިލާއާއި ދެމެދުގައި ހިނގާދިޔަ ހިތްހަމަނުޖެހުމާމެދު އެއްވެސް އެއްޗެއް ވިދާޅުވާން އޭނާ ބޭނުންފުޅެއް ނުވިއެވެ.
ginni moyavaa meehunnah doktaree faruvaaeh noannaanekan femeleeah neygeneetha
Bodethi dhogu dhogu hadha hadhaigen , noos thakah mauloomaathu dhineema vee ehnnu , dhe angain waahaka dhekkun huttaalanvejjeynu , filladhoo council aa health centerge faruvaakuda amaluthah rashu rayyithunnah mihaaru engijje ...