މަޅުމަތި: ބަނޑު ފޮރުވުން

މިއަދަކީ ގައުމު އެއްބައިވަންތަ ކުރުމުގެ ދުވަހެވެ.
ރަށުގައި ރަށުގައި ބާއްވާ ބޮޑު ޖަލްސާއަށް ދާން އަހަރެންވެސް ބޭނުމެވެ.
ތައްޔާރުވާން ވިސްނައިލީއިރު އިހަށް ދިމާނުވާ މައްސަލައެއް ދިމާވެއްޖެއެވެ.
އަހަރެންގެ ބަނޑު މިހާރު މިހިރީ އާދަޔާ ޚިލާފަށް ބޮޑު ވެފައެވެ.
ޖަލްސާއަށް ދާން ލާން އަންގާފައި އޮތީ ގައުމީ ދިދައިގައި ހުންނަ ތިން ކުލައިގެ ގަމީހެކެވެ.
އަތުގައި އޮތް ގަމީސް ލީމާ ގޮށްފަތި ހުރީ ފުރަގަހުގައެވެ.
ކުރިމައްޗަށް ގެނެވޭ ވަރަށްވުރެ ބަނޑު މާ ބޮޑެވެ.

***

ގަމީހެއް ގަންނާން ބާޒާރަށް ހިނގައްޖައީމެވެ.
ހިނގަމުން ދަނިކޮށް ފެނުނީ "ގައުމީ ގަމީސް" ވިއްކާ ފިހާރައެކެވެ.
އެތަނަށް ވަދެ ގަމީހެއް ނަގައިގެން ލައިފީމެވެ.
ހެޔޮވަރު ގަމީހެއް ފެނުނު ނަމަވެސް ބަނޑެއް ނުފޮރުވެއެވެ.
ބަނޑު ހުންނަނީ ފާޅުކޮށް ފެންނާށެވެ.
އެކަމަކު ގަމީސް ގެންފީމެވެ.

***

ޖަލްސާއަށް ދިޔަތަނުން ދިމާވީ އަޅުގަނޑުގެ އެކުވެރި މާޖިދާއެވެ.
އަޅުގަނޑު ބުނެފީމެވެ.
"މިތަނަށް އަންނާން ލަދުވެސް އެބަގެނެއެވެ.
ބޮޑުސިންގާ ގަމީހެއް ލީމާވެސް ބަނޑު މި ހުންނަނީ ފާޅުކޮށް ފެންނާށެވެ."

***

މާޖިދު ހިނިތުންވެލައިފައި ބުންޏެވެ.
"ރައްޔިތުންގެ ހަލާލު ފައިސާ ހަރާމަށް ކައިގެން ލާ ބަނޑެއްގައި ގައުމީ ދިދަ އޮޅިޔަކަސް ނުފޮރުވޭނެއެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.