އެއާޕޯޓުގައި ހުރެ ބޮމެއްގެ ވާހަކަ ދެއްކި އިންޑިއާ ރައްޔިތަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަނީ

ފުރަން އެއާޕޯޓަށް  ގޮސްހުރެ ބޮމެކޭ ކިޔައި ވާހަކަ ދެއްކި އިންޑިއާ ރައްޔިތަކު ހައްޔަރުކޮށް މައްސަލަ ތަހުގީގކުރަން ފަށައިފައިއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ ޑިސެމްބަރު 29 ވަނަ ދުވަހު 13:30 ހާ އިރު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ  ބޮމެކޭ ބުނެ ވާހަކަ ދައްކައިފައިވާތީ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ. 

ބަންދާ މެދު ގޮތެއް ނިންމުމަށް  ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.  ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.