ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗުފެރީގެ ޚިދުމަތް ފަށައިފި

ތ. އަތޮޅާއި ލ. އަތޮޅާ ލޯންޗުފެރީގެ ޚިދުމަތް ފަށައިފިއެވެ. މި ދެއަތޮޅުގައި ލޯންޗު ޚިދުމަތް ދެމުންދާނީ އެމްޓީސީސީންނެވެ. 

މި ދެއަތޮޅުގެ ދެމެދުގައި ލޯންޗު ފެރީ ޚިދުމަތް އިފްތިތާހުކޮށްފައި ވަނީ އެކަމަށް ޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ލޯންޗް ފެރީގެ ޚިދުމަތް ފެށިގެން ދިއުމަކީ ދެ އަތޮޅުގެ ރަށްޔިތުންނަށް ވެސް ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ ފާހަގަ ކުރައްވައިފައެވެ. 

އެމްޓީސީސީން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ފަށާ ފެރީޚިދުމަތް ދިނުމަށް ހަމަޖައްސައިފައިވަނީ ތ. ވޭމަންޑުއާއި ތިމަރަފުށްޓާއި އަދި ލ. ގަމަށެވެ. ހަފްތާއަކު ހަތަރު ދުވަހުގެ ލޯންޗު ފެރީގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖައްސަވައިފައެވެ. އެއީ ހޮނިހިރު، އާދީއްތަ  އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. 

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ވޭމަންޑުއާއި ތިމަރަފުށްޓާ ދެމެދު އެއްކޮޅު ޓިކެޓްގެ އަގަކީ 75 ރުފިޔާއެވެ. ދެކޮޅު ޓިކެޓަކީ 150 ރުފިޔާއެވެ.  ވޭމަންޑުއާއި ތިމަރަފުށިން ލ. ގަމަށް އެއް ކޮޅު ޓިކެޓްގެ އަގަކީ 250  ރުފިޔާއެވެ. ދެކޮޅު ޓިކެޓަކީ 400 ރުފިޔާއެވެ. 

ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް މިއަދުން ފެށިގެން ތާވަލްގައިވާ ގޮތަށް ކުރިއަށް ދާނެކަމަށް އެމްޓިސީސީން ވަނީ ހާމަކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.