ސިޓީ ކައުންސިލުގެ އަމާޒު ދެން ހުރީ ވިލިނގިއްޔަށް

މާލެ ސިޓީ ކައުންސިލުން ޕާކު ހެދުމާއި އެނޫންވެސް މުނިސިޕަލް މަސައްކަތް ކުރުމުގައި ދެން އަމާޒު ކޮށްފައި ވަނީ މާލެ ސަރަހައްދުގެ ވިލިނގިއްޔަށް ކަމަށް މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެސްޓީއޯގެ  މައި އޮފީސް ކައިރީގައި، ކުރީގެ ވެސްޓްޕާކް ސަރަހައްދުގައި އެކުންފުނިން އިމާރާތްކުރި ބަސް ހުައްޓިއާއި ޕާކުހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ޝިފާ ވިދާޅުވީ ވިލިނގިލީގައި ޕާކު ހެދުމާއި މުނިސިޕަލް ކަންތައްތައް ކުރިއަށް ގެންދެވުމަށް ދެވޭ ސަމާލުކަން  ކުރިއަށް އޮތް ތަނުގައި ބޮޑުވެގެންދާނެ ކަމަށެވެ. 

ކުންފުނިތަކުން ގިނައިން ފެންނަނީ ކުޅިވަރުގެ ހަރަކާތްތަކުގައި އުޅޭތަން ކަމަށް ފާހަގަ ކުރައްވާ މޭޔަރު ވިދާޅުވީ  އެކަން ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ތަން  ފެންނަ ކަމަށެވެ. ލާމަރުކަޒީ  ނިޒާމަށް ދެއްވާ ބާރުތަކުން  މިހާރު އެކަންވެސް ބަދަލި ވަމުންދާކަމަށް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމަށް ބާރު ދެއްވުމުން، ކުންފުނިތަކުން ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އަލާވެފައިވާކަމަށް ވެސް ވިދާޅިުވިއެވެ. އަދި އެސްޓީއޯއިން ވެސް މާލެ ސިޓީ ކައުންސިލްގެ މަސައްކަތަތަކަށް  ވަރަށް ބޮޑު އެއްބާރުލުމެއް  ދެއްވާކަން ފާހަގަ ކުރެއްވިއެވެ. 

ޝިފާ ވިދާޅުވީ މާލެ ސިޓީ ކައުސިލަށް ބާރުތައް ލިބުނުތާ މިވީ ދޮޅު އަހަރެއްހާ ދުވަސްކަމަށާއި  ނަމަވެސް  ކުރެވުނު މަސައްކަތުގެ ސްޕީޑަށް ބަލާއިރު ގޯހެއް ނޫންކަަމަށެވެ. 

ދޮޅު އަހަރުތެރޭގައި ސިޓީ ކައުންސިލުން މާލޭގައި ހިންގި އެންމެ ބޮޑު މަސައްކަތަކީ ލޮނު ޒިޔާރަތް ޕާކެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.