ދި ލޯންޑްރީގެ ޚިދުމަތްތަކުން ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ލުޔެއް

މާލެއާއި ހުޅުމާލޭގައި ޒަމާނީ ފެންވަރަށް ދޮވެ އިސްތިރި ކުރުމުގެ ޚިދުމަތް ދެމުން އަންނަ "ދި ލޯންޑްރީ" ގެ ޚިދުމަތްތަކުން ގެސްޓް ހައުސް ވިޔަފާރިތަކަށް ބޮޑު ލުޔެއް ދޭން ނިންމައިފިއެވެ. "ދި ލޯންޑްރީ" ގެ ވިޔަފާރި ފެށުނީ އޯގަސްޓް 2012 ގައެވެ. އެ ދުވަހުން ފެށިގެން ދި ލޯނޑްރީ ވަނީ އަމިއްލަ މީސްމީހުންނާއި، ވިޔަފާރިތަކުން އިތުބާރުކުރާ އަދި މަސައްކަތް ހަވާލުކުރާން ބޭނުންވާ ތަނަކަށް ވެފައެވެ. ދި ލޯންޑްރީއަކީ އައިއެސްއޯ 9001:2015 ގެ އުސޫލުތަކާ އެއްގޮތަށް ހިންގާ ތަނެކެވެ. ގްރޭޓަރ މާލޭ އޭރިއާގައި ހިއްކަށާއި ތެތްކޮށް ދޮވެ، އިސްތިރިކޮށް، ލައް ފިލުވުމުގެ ޚިދުމަތް ވިޔަފާރި އުސޫލުން ހިންގާ ހަމައެކަނި ތަނެވެ. ގާތުން ފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނޭ ގޮތް ހެދުމަށްޓަކައި ދަ ލޯންޑްރީގެ ދެތަނަކުން މިހާރުވެސް ދަނީ ޚިދުމަތް ދެމުންނެވެ. އެއްތަން ހުންނަނީ މާލޭ، އަލިކިލެގެފާނު މަގުގައެވެ. ދެވަނަތަން ހުންނަނީ ހުޅުމާލާ، މިދިލި މަގު މަގުގައެވެ. އާދީއްތާ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހަކު ހެނދުނު 9 އިން މެންދުރު 12 އަށް، އަދި މެންދުރު 2 އިން ހަވީރު 6 އަށް ޚިދުމަތަށް ބޭނުންވާ ވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް ދި ލޯންޑްރީން ޚިދުމަތް ދެއެވެ.

ދި ލޯންޑްރީ ހުޅުވި ދުވަހުން ފެށިގެން ގެންދަނީ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުބާރު ހުރި ގޮތެއްގައި އެންމެ މަތީ ފެންވަރުގައި ދޮވެ އިސްތިރިކުރުމުގެ ޚިދުމަތް ދެމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތައް މެދު ނުކެނޑި ފުރިހަމަ ކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވުމުގެ ގޮތުން ހޮޓާތަކާއި، ގެސްޓް ހައުސްތަކާއި އިން-ހައުސް ގެސްޓް ލޯނޑަރީ ޙިދުމަތުގެ އިތުރުން، ސަފާރީތަކަށް ދި ލޯންޑްރީގެ ޚިދުމަތްތައް ގެންދަނީ ފޯރުކޮށް ދެމުންނެވެ.

މި ވަގުތު ރާއްޖެއަށް ކުރިމަތި ވެފައިވާ އާލަމީވަބާ ކޯވިޑް-19 އާ ގުޅިގެން ދި ލޯންޑްރީން ގަސްތުކޮށްފައި ވަނީ ޚިދުމަތް ހޯދާ ވިޔަފާރިތަކުން މިހާރު ނަގާ އަގަށް ބަދަލުތަކެއް ގެނެސް ޑިސްކައުންޓު އަގުތަކެއްގައި ޚިދުމްތަ ދޭށެވެ. މިއީ ޑިސެންބަރު 2020 ގައި ގްރޭޓަރ މާލެ އޭރިއާގައި ޚިދުމަތްދޭން ހުއްދަދޭ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް މާލީ ލުއިތަކެއް ލިބޭނޭ ގޮތް ހެދުމަށްޓަކައި ދަ ލޯންޑްރީން ދޭން ގަސްތުކުރި ޑިސްކައުންޓެކެވެ. މި ޑިސްކައުންޓު ލިބޭނީ 15 ޑިސެންބަރު 2020 އިން ފެށިގެން 15 މާޗް 2021 ގެ ނިޔަލަށެވެ. މި ޑިސްކައުންޓުގެ ދަށުން ވިޔަފާރި ދާއިރާތަކުން ހޯދާ ޚިދުމަތަށާއި އެނދުފޮތި ދޮވެ އިސްތިރިކުރުމަށް ހަދާ ބިލުގެ 20 އިންސައްތަ އުނިކޮށްދޭނެއެވެ. ދަ ލޯންޑްރީން ގަބޫލުކުރާ ގޮތުގައި މި މާލީ އެހީތެރިކަމުގެ އިތުރަށް ދި ލޯންޑްރީން ޚިދުމަތް ހޯދުމުގެ ސަބަބުން އެޗްޕީއޭއިންނާއި މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާފައިވާ ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމުގައްޔާއި ތަނާއި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވިޔަފާރިތަކުން ކުރާ މަސައްކަތަށް ލިބޭ އިތުރު އެހީތެރިކަމަކަށްވެސް ވާނެއެވެ.

މި ޚިދުމަތަށް އެދުމުގެ ޝަރުތު ހަމަވޭތޯ ބެލުމަށްޓަކައި ވިޔަފާރިތަކުން މާލޭގައި ނަމަ 9191007 މި ނަންބަރަށް، ހުޅުމާލޭގައި ނަމަ 9179007 މި ނަންބަރަށް ގުޅުން އެދެމެވެ. މީގެ އިތުރު ފޭސްބުކް މެދުވެރިކޮށް facebook.com/thelaundry.mv އަށް މެސެޖުކޮށްގެންވެސް މައުލޫމާތު ހޯދޭނެއެވެ. ދި ލޯނޑްރީގެ ފުރިހަމަ މައުލޫމާތު ހޯއްދެވުމަށް އެބޭފުޅުންގެ ވެބްސައިޓް www.thelaundry.mv  ވަދެލެއްވުމުން ލިބޭނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށްޓަކައި ގުޅުމަށް:

ނަން: އަބްދުﷲ ޝަނީޒް – މެނޭޖަރ
ނަންބަރު: (960) 9100990
އީމެއިލް: info@thelaundry.mv

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.