ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ބިދޭސީ އަކަށް ފަރުވާ ދެނީ

ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ބިދޭސީއަކަށް ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވެއްްޖެއެވެ. މިމީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައެވެ. 

ފުލުހުން ވިދާޅުވީ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ މައުލޫމާތު  ލިބުނީ މިރޭ 10:5 ހާއިރު ކަމަށެވެ. 

ބިދޭސީ މީހާއަށް ހަމަލާ ދީފައިވަނީ ފިޔާތޮށި ގޯޅީގައެވެ. މިހަމަލާ ދިން ގޮތުގެ ތަފްސީލާއި ބިދޭސީ މީހަށް ލިބިފައިވާ ޒަޚަމްގެ ތަފްޞީލެއް ވެސް ފުލުހުން ހާމައެއް ނުކުރައްވައެވެ. އަދި އެމައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް އަދި ވިދާޅެއް ނުވެއެވެ. ނަމަވެސް މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާކަމަށް ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.