އަންހެނަކު ރަހީންކޮށް ބްލެކްމެއިލްކޮށް ފައިސާހޯދި މައްސަލައިގައި މިހަކު ހައްޔަރުކޮށްފި

ގެއްލިގެން ހޯދަމުންދިޔަ އަންހެނަކު، ރަހީންކޮށް ބްލެކްމެއިލްކޮށް، އޭނާ އަތުން ފައިސާހޯދި މައްސަލައިގެ ތުޙުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ. ޕޮލ

ފުލުހުހުން ވިދާޅުވީ މިމައްސަލައިގައި ކޯޓް އަމުރެއްގެ ދަށުން ޢުމުރުން 31 އަހަރުގެ ފިރިހެނަކު ހަޔަރުކޮށްފައިވާކަމަށެވެ.  މި އަންހެން މީހާ ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވަނިކޮށް އިއްޔެ ހެދުނުގެ ވަގުތެއްގައި އޭނާ ވަނީ އަމިއްލައަށް އޭނާ ދިރިއުޅޭ ގެއަށް ގޮސްފައެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން ދިޔައީ ޢުމުރުން 33 އަހަރުގެ އަންހެނެކެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ކާކުކަން އެނގޭ ގޮތަށް މަޢުލޫމާތުވެސް ކުރިން ހާމަކޮށްފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ 1:30ގެ ފަހުން މި އަންހެން މީހާގެ ހަބަރެއް ނުވެގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓުކުރީ އެރޭ 10:45 ގައެވެ/

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ވެގެން ރަހީނުކޮށް، އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމައިލްކޮށްގެން ފައިސާ ވެސް އަތުލާފައިވާ ކަމަށެވެ. އަނިޔާ ލިބުނު މިއަންހެން މީހާ ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުންދާކަމަށްވެސް އިއްޔެ ފުލުހުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.