ލިބިފައިވާ ބަޖެޓުން އިންތިޚާބު ނުބޭއްވޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންގޮސްފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވުމަށް ލިބިފައިވާ ބަޖެޓުން، އިންތިހާބު ނުބޭއްވޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަމާލުކަމަށް ވާނީ ގެންގޮސްފައި ކަމަށް އިލެކްޝަންސް ކޮމިޝަންސް(އީސީ) ގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އާފަތިސް އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ ރައީސް ޝަރީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނެކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ލިބިފައވަނީ 51 މިލިއަން ރުފިޔާކަމަށް އިސީގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ މި އިންތިޚާބުތައް ބޭއްވުމަށް ކުރިން ދީފައިވާ ބަޖެޓަށްވުރެ 26 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ކުރިން މިއިންތިޚާބު ބޭއްވުމަށް ދީފައި އޮތީ 77 މިލިއަން ރުފިޔާއެވެ. އީސީ ޝަރީފު ވިދާޅުވީ އިންތިޚާބު ބޭއްވުމަށް އިތުރަށް 12 މިލިއަން ރުފިޔާ ބޭނުންވާކަމަށެވެ. އީސީ އިން ވަނީ ބަޖެޓް ކޮމެޓީގައި ވެސް އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާނެ ބަޖެޓާ ބޭހެގޮތުން ވާހަކަ ދައްކައިފައެވެ. ނަމަވެސް ބަޖެޓް ދެއްވިއިރު، ބައްދަލުވުމުގައި އީސީ އިން ފާހަގަކޮށްފައިވާ ކަންކަމަށް ބެޖެޓް ކޮމެޓީން ރިއާޔަތް ކޮށްފައެއް ނުވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.