އަޅުގަނޑުމެން އޮފިޝަލުންނަށް ވެގެންނަމަވެސް އިންތިޚާބު ބާއްވާނަން: އީސީ

އިލެކްޝަންސް ކޮމިޝަނުންގެ މުވައްޒަފުންނާއި މެމްބަރުން އޮފިޝަލުންނަށް ވެގެންނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނޭ ކަމުގެ ޔަޤީންކަން އެކޮމިޝަނުން ދެއްވައިފިއެވެ.

"އަޅުގަނޑުމެން އޮފިޝަލުންނަށް ވެގެންނަމަވެސް އިރާދަކުރެއްވިއްޔާ އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގައި ބާއްވާނަން،" އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް އާދަމް ވިދާޅުވިއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހަމަކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. މިއަދުވެސް އެ ކޮމިޝަނުން ވަނީ އެޑިޔުކޭޝަން މިނިސްޓްރީއާ ބައްދަލު ކުރައްވައިފައެވެ. "އެބޭފުޅުން ވިދާޅުވި އޮފިޝަލުން ބޭނުންވާ ދާއިރާތައް އަންގައިދިނުމަށް. އެބޭފުޅުން ތިއްބެވީ އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ތައްޔާރަށް،" ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ. އިންތިޚާބަށް ބޭނުންވާ ގާތްގަޑަކަށް 4500 އޮފިޝަލުންގެ ތެރެއިން އަދި ލިބިފައިވަނީ ދެހާހެއްހާ މީހުންނެވެ. އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.