އެކްސިޑެންޓެއްގައި އަނިޔާ ލިބުނު އަންހެން ކުއްޖަކު ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ

ސައިލެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު އަންހެން ކުއްޖަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ. 

ފުލުހުންގެ މީޑިއާއިން މިއަދު މަޢުލޫ މާތު ދެއްވި ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި އަންހެނެކެއެވެ. އެއަންހެންކުއްޖާ އިނީ އެކްސިޑެންޓްވި ސައިލްގެ ފަހަތުގައެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވަންވެސް އިނީ ވެސް އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ ފިރިހެން ކުއްޖާއަތުގައި ލައިސަންސްވެސް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ. 

މި އެކްސިޑެންޓް ހިނގައިފައިވަނީ މިމަހު 27 ވަނަ ދުވަހުގެ ރޭ  11 ޖަހާކަންހާއިރު މާލޭގައެވެ.  އެކްސިޑެންޓް ހިނގައިފައިވަނީ ބާރު ސްޕީޑްގައި އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޮޑުތަކުރުފާނުމަގަށް ނުކުތް ސައިކަލެއް  ކޮންޓްރޯލް ނުވެ ގޮސް އެމަގުގައި އޮންނަ ދުވާ ޓްރެކް މައްޗަށް އަރައެެވެ. 

ފުލުހުން ވިދާޅުވީ މައްސަލަ ތަޙްޤީޤްކުރަމުން ދާކަމަށެވެ. 

މަރުވި އަންހެން ކުއްޖާއަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.