ގެއްލެމުންދާ މިނިވަންކަމަށް އެންމެން ފާރަވެރިވާން ޖެހިއްޖެ: ޣައްސާން

ޖުމްހޫރިއްޔަތަށް 53 އަހަރު ފުރޭއިރު ރާއްޖޭގެ ޙާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށާއި ގެއްލެމުންދާ މިނިވަން ކަމާމެދު އެންމެން ފާރަވެެރިވާން ޖެހިއްޖެ ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދައިރާގެ މެމްބަރ ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. 

ޖުމުހޫރީ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ޣައްސާން މައުމޫނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށާއި ސިއްޙީ ހާލަތަށާއި ގެއްލެމުންދާ މިނިވަންކަމަށް އެންމެން ފާރަވެރިވާން ޖެހިއްޖެ ކަމަށެވެ. އަދި ޒުވާނުން އިސްނަގަން ވެއްޖެ ކަމަށެވެ. 

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑު ވިދާޅުވަމުން ދިޔަ ނަމަވެސް ރައީސުލް ޖުމްހޫރިއްޔާއާއި އަދި ސަރުކާރުގެ ވަޒީރުންނާއި ކޯލިޝަން ލީޑަރުންދަނީ މިސަރުކާރުން ދެއަހަރު ދުވަހުގެ ތެރޭގައި ހުރިހާ ގޮތަކުން ކުރިއެރުން ހޯދައިފައިވާކަމަށް ޣައްސާން ވިދާޅުވެފައިވެއެވެ. އަދި ކޯވިޑްގެ ހާލަތުން އަރައި ގަތުމަށް ސަރުކާރުން ހޯދި ކާމިޔާބީ ވެސް ފާހަގަ ކުރައްވަމުން ކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.