މިއަދު ކޯވިޑަށް ޕޮޒިޓިވްވި ބިދޭސީން ޢަދަދު ދިވެހިންނަށްވުރެ އިތުރު

މިއަދު ކޯވިޑަށް ޕޮޒިޓިވްވި ބިދޭސީން ޢަދަދު ދިވެހިންނަށްވުރެ އިތުރުވެއްޖެއެވެ. މި އަދު އަލަށް ޕޮޒިޓިވްވީ 42 މީހުންނެވެ. އޭގެތޭރޭގައި ހިމެނެނީ 23 ބިދޭސިންނާއި 19 ދިވެހިންނެވެ. 

ދ. އަތޮޅު ކަނޑިންމަ ރިސޯރޓުގައި މަސައްކަތް ކުރި ދިވެއްސަކު ކޯވިޑްގައި މަރުވުމުން އެރިސޯރޓުން 20 މީހެއްގެ ސާމްޕަލް ނަގައިގެން ވަނީ ޓެސްޓް ކޮށްފައެވެ. އޭގެތެރެއިން 17 މީހަކު ވަނީ ކޯވިޑަށް ޕޮޒޮޓިވް ވެފައެވެ. މިއަދުގެ ޢަދަދުތަކުގެ ތެރޭގައި އެ ޢަދަދުތައްވެސް ހިމެނޭނެއެވެ. މިއަދުގެ ޢަދަދުތަކުގައި މާލޭ ސަރަޙައްދަށްވުރެ ރިސޯރޓްތަކާއި އެހެން ރަށްރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު އިތުރެވެ. މާލޭ ސަރަޙައްދުން ޕޮޒިޓިވްވީ 20 މީހުންނެވެ. ރިސޯރޓްތަކާ އެހެން ރަށްރަށުން 22 މީހުންނެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު ކޯވިޑަށް ޕޮޒިޓިވްވި ޖުމުލަ ޢަދަދަކީ 11،701 އެވެ. ބަލިން ރަނގަޅުވި މީހުންގެ ޢަދަދަކީ 10،883 އެވެ. މިހާރު ބަލިޖެހިފައި ތިބި މީހުންގެ ޢަދަދަކީ 773 އެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 51 މީހަކަށެވެ. 243 މީހުން ތިބީ އައިސޮލޭޝަންގައެވެ. ވޭތުވެދިޔަ 24 ގަޑިއިރިތެރޭގައި 1،920 ސާމްޕަލް ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.