ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ޒަޚަމްވެއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ޒަޚަމް ވެއްޖެއެވެ. 

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި އެކްސިޑެންޓް ހިނގައިފައި ވަނީ ބްރިޖް ހައިވޭގައި މަސައްކަތެއް ކުރުމަށް މަޑުކޮށްގެން އޮތް ކްރޭން ލޮރީއެއްގެ ފަހަތުގައި، ދުއްވައިފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އަނެހެނެކެވެ. އެ އަންހެން މީހާގެ އަތުގެ މަސްގަނޑު ފަޅައިގެން ގޮސް ޒަޙަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ޒަޙަމްވި އަންހެން މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ޒަޙަމީ ޢުމުރުން 25 އަހަރުގެ އަންހެނެކެވެ. އޭނާގެ އަތުގައި އެކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް  އޮންނަކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. 

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓްގެ މަޢުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު 13:35 ގައެވެ. އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.