ކޯވިޑް 19 އަށް ޓެސްޓްކުރި ފަނަރަސަތޭކަ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 33 މީހުން 

މިއަދު އިރުއޮއްސި ހަޔަކާހަމައަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް 19 އަށް ޓެސްޓްކުރި 1570 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 33 މީހުންނެވެ.   

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވް 33 މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 13 ބިދޭސީންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 11391 އެކެވެ. މިއަދުގެ ޢަދަދުގެ ތެރެއިން ނުވަ މީހަކު ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. 

ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 10428 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 917 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 38 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 329 މީހުންނެވެ. 

މިހާރު އަތޮޅުތަކުގެ 21 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 46 އެވެ. މިވަގުތު 23 ރިސޯޓެއްގައި 22 ޓޫރިސްޓަކާއި 34 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.