އެމްޑީޕީ ޕާލަމަންޓްރީ ގަރޫޕުގެ ގިނަ މެންބަރުންތަކެއް ސޮއިކޮށް ހެލްތް މިނިސްޓަރ ޢަބަދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގިނަޢަދަދެއްގެ މެމްބަރުން ސޮއިކޮށް، މިނިސްޓަރ އަމީން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަޅައިފައި މިވަނީ އެމައްސަލަ މަޖިލީހަށް ވެއްދުމާ ދެކޮޅަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފައި ވަނިކޮށެވެ.
އަމީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ އެބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 31 މެންބަރުން ވޯޓްދެއްވީ ޢިތުބާރު އޮތްކަމަށެވެ. މިނިސްޓަރ އަމީންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅުމަށް 27 މެމްބަރުން ވޯޓް ދެއްވިއެވެ. މަޖިލީހަށް ހުށަހެޅި މައްސަލައިގައި 21 މެމްބަރުން ވަނީ ސޮއެކުރައްވައިފައެވެ. ޤާނޫނު އަސާސީގައި ބުނަނީ 10 މެމްބަރުން ސޮއިކުރައަވައިފައި ވަޒީރެއްގެ އިތުރުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިދާނެކަމަށެވެ.
މިނިސްޓްރ އަމީންގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކޯވިޑް 19 އާ ގުޅިގެން އޯޑަރުކުރި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނޭ ގޮތަށް ހެލްތް މިނިސްޓަރ ޢަމަލުކޮށްފައިވާކަން، ތުޙުމަތުތަކާ ގުޅޭގޮތުން ކުރެވުނުތަޙްޤީޤުންނާއި އޮޑިޓަރ ޖެނަރަލާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ރިޕޯރޓުންވެސް ސާފުކޮށް އެނގެން އޮތްކަމަށެވެ. މިއީ ހެލްތްމިނިސްޓރ އަމީން ޒިންމާ އުފުއްލަވަންޖެހޭ ކަމެއްކަމަށެވެ. އަދި މިއީރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ އިތުބާރުވެސް ހެލްތް މިނިސްޓަރ އަމީންގެ މައްޗަށް ގެއްލިގެން ގޮސްފައިވާކަމެއްކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. ވެނޓިލޭޓަރ މައްސަލައިގައި މަޖިލީހުން ސުވާލުކުރުމުން މަޖިލީހަށް ދޮގު މަޢުލޫމާތު ދެއްވައިފައިވާތީ އިތުރަށް މަޤާމުގައި ދެމިހުރުމަކީ މަޖިލީހުގެ އިތުބާރު އޮތް ކަމެއްކަމަށް ނުވާތީ ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އަމީން މަޤާމުން ވަކިކުރުމަށް ހުށަހަޅާ ކަމަށް މައްސަލައިގައި ބުނެފައިއެވެ.
ޤާނޫނު އަސާސީގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ޢިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެވަޒީރަކަށް އެކަން އަންގަން ވާނެކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަނުންނާއި ލިޔުމުން، ދިފާޢުވުމުގެ ޙައްޤު އެވަޒީރަކަށް ލިބިގެންވާކަމަށެވެ. ވަޒީރެއްގެ ޢިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވަނީ ޖުމުލަ މެމްބަރުންގެ އަޣްލިބިއްޔަތުންނެވެ. ޢިތުބާރު ނެތްކަމަށް މަޖިލީހުން ފާސްވެއްޖެނަމަ ވަރީރުގެ މަޤާމުން ވަކިވާނެއެވެ.
ހެލްތް މިނިސްޓަރ އަމީންގެ އިތުބާރު ނެތް މައްސަލައިގައި ސޮއިކުރެއްވި މެންބަރުން:-
- އީވާ ާޢަބްދުﷲ - ގަލޮޅު އުތުރު ދާއިރާ
- އަޙްމަދު ޙަލީމް - ބިލެއްދޫ ދާއިރާ
- ޙަސަން ލަޠީފް - ހެންވޭރު ހުޅަނގު ދާއިރާ
- އިމްތިޔާޒު ފަހުމީ - މާފަންނު އުތުރު ދާއިރާ
- އިލްޔާސް ލަބީބް - ހުޅުމީދޫ ދާއިރާ
- ޙީސާން ޙުސައިން - ތުޅާދޫ ދާއިރާ
- ޙަސަން އަފީފް - ވިލުފުށި ދާއިރާ
- ޙުސައިން ފިރުޝާން - މަޑަވެލި ދާއިރާ
- އަޙްމަދު ޒާހިރު - ގައްދޫ ދާއިރާ
- އިބްރާޙީމް ރަޝީދު - މާފަންނު މެދު ދާއިރާ
- އިބްރާޙީމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
- މުޙައްމަދު ވަޙީދު - އުނގޫފާރު ދާއިރާ
- މުޙައްމަދު ރަޝީދު - މައްޗަށްގޮޅީ އުތުރު ދާއިރާ
- މޫސާ ޝިރާޖް - ފޮނަދޫ ދާއިރާ
- މީކާއީލް އަޙްމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
- މުޙައްމަދު ރަޝީދު - ފުވައްމުލަކު އުތުރު ދާއިރާ
- ޙުސައިން މުޙައްމަދު ދީދީ - ފުވައްމުލަކު
- ޢަލީ ޢާޒިމް - މެދު ހެންވޭރު ދާއިރާ
- މުޙައްމަދު ރާއީ - މަކުނުދޫ ދާއިރާ
- ޙަސަން އަހުމަދު - އިނގުރައިދޫ
- ޙަސަން ޒަރީރު - މަތިވެރި ދާއިރާ
- ހަސަން ޝިޔާމް - ތޮއްޑޫ ދާއިރާ
- އަހުމަދު ވަހީދު - ދިއްދޫ ދާއިރާ
- އަހުމަދު ރަޝީދު - ހިތަދޫ މެދު ދާއިރާ