ކިތަންމެ ބަހަނާއެއް ދެއްކިޔަސް ހެލްތުން ހިންގައިފައިވަނީ ކޮވިޑްގެ ބިޔަބޮޑު ކޮރަޕްޝަންގެ ޢަމަލެއް: ޑރ. ޖަމީލް

ކިތަންމެ ބަހަނާއެއް ދެއްކިޔަސް ހެލްތުން ހިންގައިފައިވަނީ ކޮވިޑްގެ ބިޔަބޮޑު ކޮރަޕްޝަންގެ ޢަމަލެއްކަމަށް ކުރީ ސަރުކާރުގެ ފުރަތަމަ  ނާއިބް ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ޓީމްގެ ލީޑަރ ޑރ. މުޙައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއްމިލިއަން ޑޮލަރުގެ މައްސަލަ އަޅުވައިގެން އެހެން މީހުން ޖަލަށް ލެވޭ ކަމަށެވެ.  އެހެން ނަމަވެސް މިފަހަރު އަދި މިކަހަލަ ދަތި ދަނޑިވަޅެއްގައި އެތައް މިލިއަނެއްގެ ކޮރަޕްޝަން ހިންގި މީހުން އަދިވެސް ތިބީ މިނިވަން ކޮށް ކަމަށެވެ. އެހެން ކަމުން މިސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތު ފެނިފައި ހައިރާންވެ ވަޑައިގެންފި ކަމަށެވެ.

"ކިތަންމެ ބަހަނާއެއް ދެއްކިޔަސް ހެލްތުން ހިންގައިފައިވަނީ ކޮވިޑްގެ ބިޔަބޮޑު ކޮރަޕްޝަންގެ ޢަމަލެއް. ކުރިންވެސް ފެނިފައިވާ ގޮތަށް މަޖިލީހާއި ތަޙްޤީޤީ އިދާރާތަށް ވަނީ ކޮމްޕްރަމައިޒްވެފައި. ޖިނާއީ ތަޙްޤީޤެއް ކުރާނަމަ ހެކި ނައްތާލައި ހެއްކަށް ނުފޫޒު ފޯރުވަން ފުރުޞަތު ދިނީ ކީއްވެ؟"  ހެއްކަށް ނުފޫޒު ފޯރުވަން ފުރުޞަތު ދިނީ ކީއްވެތޯ ސުވާލު އުފައްދަވައި ޑރ. ޖަމީލް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯރޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭ ލިޔެކިޔުންތަކުން އޮޅުވައިލައިގެން ވައްކަމެއް ކޮށްފައިވާކަން އެނގެން ނެތްކަން ކަށަވަރު ކަމާއެކު ވިދާޅުވަން އެނގިވަޑައިގަންނަވާ ކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.