މާލޭ ސަރަޙައްދުގެ ގްރޭޑް ހަތަކުން ދަށުގެ ދަރިވަރުންނަށް މިއަހަރު ސްކޫލެއް ނުހުޅުވާނެ: އެޑިއުކޭޝަން

ގްރޭޑް ހަތަކުން ދަށުގެ މާލޭގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން މިއަހަރު ކިޔަވައެއް ނުދެއްވާނެކަމަށާއި އެފުރުޞަތު ދެވެންވެސް މިއަހަރު ނޯންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ޢަބަދުﷲ ރަޝީދު ވިދާޅުވީ  އަންނަ ހޯމަ ދުވަހު ގްރޭޑް އަށެއްގެ ދަރިވަރުންގެ ކިޔެވުން ފެށޭނެކަމަށެވެ. އަދި މިމަހު 25 ގައި  ގަރޭޑް ހަތެއްގެ ދަރިވަރުންގެ ކިޔެވުން ފެށޭނެކަމަށެވެ. އޭގެ ހަފްތާއެއް ފަހުން އާގްރޭޑަކަށް ކިޔެވުން ފަށަން ބަލާއިރު އޮންނާނި ސްކޫލުތަކުގެ ޓެސްޓް ފެށިފައި ކަމަށް ފާހަގަ ކުރެއްވިއެވެ. އޭގެ ފަހުން އަހަރުގެ ބާކީ އޮތް ދުވަސް ތަކަކީ ސްކޫލަށް އަލަށް ދަރިވަރުންތަކެއް ގެން ގޮސްގެން ކިޔައި ދިނުމަށް އެށީގެންވާ މުއްދަތެއް ނޫންކަން ވެސް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެގްރޭޑްތަކުގެ ދަރިވަރުންނަށް މިއަހަރު ކިޔެވުން ކުރިއަށް ގެންދަވާނީ މިހާރެކޭވެސް އެއްގޮތަށް އޮންލައިންކޮށް ކަމަށް ވިދާޅުވިއެވެ.

ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ސްކޫލަށް ގޮސް ޓީޗަރާއި ދަރިވަރުންނާއެކު ކުއްޖާ ކިޔެވުމުން ލިބޭ ފައިދާ އޮންލައިންކޮށް، ގޭގައި ތިބިގެން ކިޔެވުމުން ނުލިބޭކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަ ކުރެވިއެވެ. މިކަމަކީ ވަރަށް ގިނަ ދިރާސާތަކުން ވެސް ސާބިތުވާކަމެއްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ސްކޫލުތަކަށް ދަރިވަރުން ފޮނުވުމަށް ބެލެނިވެރިންނަށް އިލްތިމާސްކިރެއްވިއެވެ.

ސްކޫލުތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން އެޗްޕީއޭ އިން ވެސް ފާހަގަ ކޮށްފައިވާކަމަށް ޢަބްދުﷲ ރަޝީދު ފާހަގަކުރެއްވިއެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވައިގެން ކިޔވައި ދިނުމުގެ މުހިންމު ކަން ހުރިހާ ފަރާތަކުންވެސް ފާހަގަ ކުރަންޖެހޭކަމަށް އދ ގެ ސެކްރެޓަރީ ޖެނަރަލް ވެސް ފާހަގަ ކުރައްވައިފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކުދިން ގޭގައި ތިބެގެން އެންމެ އެކަށީގެންވާ ގޮތަށް ތަޢުލީމު ޙާޞިލް ނުކުރެވުމުގެ ނަތީޖާ އަކީ ލާރނިން ލޮސް، އުގެނުމުގެ ވަރަށް ބޮޑު މިން ވަރެއް ގެއްލިގެދާކަން ދިރާސާތަކުން ވަނީ ފާހަގަ ކުރައްވައިފައި" ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.