ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްގެން

Photo: Aminiyya School

1 ސެޕްޓެމްބަރު 2021 އިން ފެށިގެން ސުކޫލުތަކަށް ވަދެނުކުމެ އުޅެވޭނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީސްމީހުންނަށް އެކަނި ކަމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުގައި މިއީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި ކޯވިޑް-19 އިން ރައްކާތެރި ވުމަށް ސުކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިނިސްޓްރީން އަޅައިފައިވާ ފިޔަވަޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.