މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކަތައް ހޯމް މިނިސްޓަރ ޢިމްރާން ދިފާއުކުރައްވައިފި

ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބުގެ މައްޗަށް ހައިކޯޓުން ހުކުމް އިއްވެވުމާއެކު މޭޑޭގެ މުޒާހަރާގައި ދެއްކެވި ވާހަކަތައް ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ދިފާއުކުރައްވައިފި އެވެ. 

ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2015 ވަނަ އަހަރުގެ މޭޑޭގައި އެތައްބައިވަރު ރައްޔިތުންނާއެކު މަގުމައްޗަށް ނުކުންނަވައި އެމަނިކުފާނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ދެއްކެވީ، ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުޙައްޤުން ބޭނުންކުރަމުންދިޔަ ވާހަކަ ކަމަށެވެ. މިއަދު، އެކަމުގައި ޝާމިލްވި ފަރާތްތަކުގެ އިޢްތުރާފާއެކު، ޝަރީޢަތަށް އެކަންކަން ދަނީ ސާބިތުވަމުން ކަމަށެވެ. 

"އެދުވަހުގެ ޙާލަތާއި މިއަދުގެ ޙާލަތު ވަޒަންކޮށްލީމާ، ހިތަށްއަރަނީ ﷲގެ ކުޅަދުންވަންތަކަން. އޭރުވެސް ދެންނެވިން އަދި މިހާރުވެސް މި ދަންނަވަނީ، އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރި ނުވާނަން! ރައްޔިތުންގެ ޙައްޤު ރައްޔިތުންނަށް ހޯދައި ދޭނަން!" ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.