ދުނިޔޭގެ %10 މީހުންނަށް ކޮވިޑް-19 ޖެހިފައިވުން އެކަށީގެންވޭ: ޑަބްލިޔުއެޗްއޯ

ދުނިޔޭގެ އެތައް ސަތޭކަ މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވުން އެކަށީގެންވާ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. މިއީ މިހާރުގެ ރަސްމީ އަދަދު ކަމުގައިވާ 35 މިލިއަނަށްވުރެ އެތައް ގުނައެެއް އިތުރު އަދަދެކެވެ.

"އަަހަރުމެންގެ މިހާރުގެ އެންމެ ރަނގަޅު އަންދާޒާތައް ދައްކާ ގޮތުން، ދުނިޔޭގެ އާބާދީގެ ދިހައެއް އިންސައްތަ މީހުންނަށް މި ބަަލި ޖެހިފައިވުން އެކަށީގެންވޭ." ޑަބްލިޔުއެޗްއޯގެ އެގްޒެކަޓިވް ބޯޑުގެ ކުއްލި ބައްދަލުވުމެއްގައި އިއްޔެ ވާހަކަފުޅުދައްކަވަމުން އެ ޖަމްއިއްޔާގެ އެމަޖެންސީ އޮޕަރޭޝަންެސްގެ ވެރިޔާ ޑރ. މައިކަލް ރަޔާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަށްފުށުގެ ހިސާބުތަކާއި ސަަހަރުތަކު މެދުގައި، އަދި އެކި ގިންތީގެ މީހުންގެ މެދުގައި ތަފާތެވެ. އެެހެންނަމަވެސް، އަންދާޒާތަކުން އެނގޭގޮތުގައި ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް މި ބަލީގެ ނުރައްކާ އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ދުނިޔޭގެ އާބާދީއަކީ 7.6 ބިލިއަނެވެ. އެހެންކަމުން ޑަބްލިޔުއެޗްއޯގެ އަންދާޒާ ދައްކާގޮތުން މިހާރު 760 މިިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައި ވުމަކީ ގާތްކަމެކެވެ. ތަޖުރިބާކާރުން ކުރިންވެސް ބުނެފައިވަނީ ދުނިޔޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ހާމަކޮށްފައިވާ ރަސްމީ އަދަދުތަކަަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ.

"ބަލި ދަނީ ފެތުރެމުން. ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި އެ މިންވަރު ދަނީ މައްޗަށް." ޑރ. ރަޔާން ވިދާޅުވިއެވެ.

"މި ބަލިމަޑުކަމުން އަހަރުމެންނަށް އެންމެ ފާޅުކޮށް އަންގައިދެނީ ޕަބްލިކް ހެލްތާއި، އަސާސީ ސިއްހީ ޚިދުމަތް ތަރައްގީކުރުމުގެ މިހިއްމުކަން." މި ބައްދަލުުވުމުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިއެވެ.

"ދުނިޔޭގެ ކޮންމެ ސަރަހައްދަކުންވެސް އަހަރުމެންނަށް ލިބުނު ފިލާވަޚަކީ ވަރުގަދަ ޒައާމަތާއި، ސާފު އަދި ހުރިހާ ކަމެއް އެކުލެވޭ ސްްޓްރެޓެޖީއާއި، މެދުކެނޑުމެއްނެތި މުވާސަލާތުކުރުމާއި، އަދި އާއްމު ރައްޔިތުން ބައިވަރިކޮށް، ބާރުވެރިކުރުމުން...... ކޮންމެ ހާލަތަކުންވެސް އަރައިގަނެވިދާނެކަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.