އަންނަ އޮކްޓޯބަރު/ނޮވެންބަރު މަހު ބޭއްވުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީގައި މިހާރު ކުރިއަަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދް އިހްސާން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވް ވިޔަސް ނުވަތަ ބަލިޖެހިފައިވާ މީހަކާ އެއްތާވުމުގެ ސަބަބުން ކަރަންޓީނު ކުރަންޖެހޭ ކުދިންވެސް އިމްތިހާނު ހެދޭ ހާލަތުގައި ހުރިނަމަ އެކުދީންނަށް ވެސް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ.
އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން އެޗްޕީއޭއާ އެކު މަސައްކަތްކޮށް މިހާރު އެސްއޯޕީއާއި ގައިޑްލައިނާ ހަދަމުންދާކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ކުރިއާ ޚިލާފަށް މިހާރު އޮތް ހާލަތާ އެކަށޭގޮތަށް ރަނގަޅަށް ބެލެހެއްޓިގެން ހަރުދަނާ ނިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
މާލޭގެ 4 މަރުކަޒަކާއި އަތޮޅުތެރޭގެ 33 ރަށެއްގައި އިމްތިހާނު ކުރިއަށްދާނެ ކަމަށް އިހްސާން ވިދާޅުވިއެވެ. އިހްސާން ވިދާޅުވިގޮތުގައި އެންމެ ގިނަ ދަރިވަރުން އިމްތިހާނު ހަދާނީ މާލޭގައެވެ. އަދި މާލޭގެ މަރުކަޒުތަކުގެ ތެރެއިން އެންމެ ގިނަ ދަރިވަރުން އިމްތިހާނު ހަދާނީ ސީއެޗްއެސީގައި ކަމަށް ވިދާޅުވިއެވެ. އަދި ގައިދުރުކުރުމާއި ކުދީން ހޯލަށް ވަދެނުކުމެ އުޅޭއިރު ބައިބޯވުން ކުޑަކުރުމަށް ކައިރީގައި ހުރި އިސްކަންދަރާއި އަމީނިއްޔާ އަދި އަރަބިއްޔާ ސްކޫލްގެ ހޯލުގެ ބޭނުން ހިފާނެކަމަށް އިހްސާން ވިދާޅުވިއެވެ.
މީގެ އިތުރަށް އިމްތިހާނުގެ ކަންކަން ބަލަހައްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރުންނާއި އަދި އިމްތިހާނު އޮފިޝަލުން ތަމްރީނުކޮށްފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. ކޮންމެ ރަށެއްގައިވެސް ދެ ޗީފް އިންވިޖޭލަޓަރުން ތަމްރީނުކޮށްފައިވާ އިރު މި ފަރާތްތަކަށް އެންމެ ފަހުގެ ތަމްރީނު ދީފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.
މަތީ ސާނަވީ އިމްތިހާނު ކުރިއަށް އޮތް ދެ ހަފްތާއެއްހައި ދުވަހު ފެށޭނެއެވެ.