ޗައިނާއިން ސޮވެރިންގ ގަރަންޓީއާއެކު ނަގައިފައިވާ ކޮމާޝަލް ލޯނުތައް ފަސްކޮށްދިނުމަށް ވެސް މަޝްވަރާ ކުރައްވަމުންދާކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒެންގ ލިޒޮންގ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ޗައިނާ ސަފީޒު ކުރެއްވި ޓްވީޓެއްގައެވެ. ޗައިނާގެ ކޮމާޝަލް ލޯނުތައް ދެކުމާގުޅޭ ގޮތުން ކުރެވެމުންދާ މަޝަވަރާ ތަކުގެ ނަތީޖާ ރަނގަޅުވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޗައިނާއިން ނަގައިފައިވާ ކޮމާޝަލް ލޯން ތަކުގެ ތެރެއިން އެންމެ ލޯނެއް ފިޔަވައި ހުރިހާ ލޯނަކީ ސަރުކާރު ކުންފުނިތަކުން ނަގައިފައިވާ ލޯނުތަކެވެ. ދެ ސަރުކާރުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުން ނަގައިފައިވާ ލޯނުތައް އަނބުރާ ދެއްކުގެ މުއްދަތު ފަސްކޮށް ދެއްވައިފައިވާ ކަން ސަފީރު ވަނީ ފާހަގަ ކުރައްވައިއެވެ. ކޮމާޝަލް ލޯނުތައް ދެއްކުމުގައިވެސް ރާއްޖެއަށް ދަތިތައް ކުރިމަތިވާ ކަމަށް އެމައްސަލައިގައި އެކިފަރާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުން ފާހަގަ ކުރެވިފައިވާކަމަށް ސަފީރު ފާހަގަ ކުރެއްވިއެވެ.