މަޑަވެލިން އިތުރު 61 ރެންޑަމް ސާމްޕަލް ނަގައިފި

ގިނަ ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ގދ. ހޯޑެއްދޫއާއި ގުޅިފައިވާ މަޑަވެލިން އިތުރު ރެންޑަމް ސާމްޕަލް ތަކެއް ނަގައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި  މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މަޑަވެލިން 61 ރެންޑަމް ސާމްޕަލް މިއަދު ނަގައިފައިވާ ކަމަށެވެ. މިއަދު އެސާމްޕަލްތައް މާލެގެނެވޭނެކަމަށެވެ. ކުރިންވެސް މަޑަވެލިން ވަނީ 60 އަށް ވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓްކޮށްފައެވެ. ނަމަވެސް އެހުރިހާ ސާމްޕަލެއް ވެސް ނެގެޓިވް އެވެ. މިހާތަނަށް އަދި އެއްވެސް މީހަކު އެރަށުން ކޯވިޑަށް ޕޮޒިޓިވެއް ނުވެއެވެ.

ހޯޑެއްދޫން ކޯވިޑްގެ 44 ކޭސްވަނީ ފެނިފައެވެ. އޭގެތެރެއިން 25 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. ބަލި ތަޙައްމަލުކުރަމުން ދަނި 19 މީހުންނެވެ. މިމަހު 17 ގެ ފަހުން އިތުރު މީހަކު އެރަށުން ބައްޔަށް ޕޮޒިޓިވެއް ނުވެއެވެ. 230 ކޮންޓެކްޓުން އެރަށުން ދެނެގަނެވިފައިވެއެވެ. އިއްޔެ އެރަށުން އިތުރު ފަސް ސާމްޕަލް ޓެސްޓް ކުރިއިރު އެހުރިހާ ސާމްޕަލެއްވެސް ނެގެޓިވްއެވެ. އިތުރު އަށް ސާމްޕަލް ،މިއަދު ނެގިއެވެ. އެސާމްޕަލްތައް މާދަމާގެ ވަގުތެއްގައި މާލެ ގެނެވޭނެކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. މިހާރު ނަގަމުންދާ ސާޕަލްތަކަކީ 14 ދުވަސް ހަމަކޮށް ނަގާ ސާމްޕަލްތައް ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. ހޯޑެއްދޫއާއި މަޑަވެލި އަދިވެސް އޮތީ މޮނިޓަރިންގައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.