އަލަށް ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 99 ގައި

މިއަދު ހަޔަކާ ހަމައަށް 24 ގަޑީއިރު އަލަށް ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ހުރީ 99 ގައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ޢަދަދުތަކުގެ ތެރެއިން 92 މީހުންނަކީ މާލެ ސަރަޙައްދުން ބަލި ޖެހުނު މީހުންނެވެ. ރަށްރަށުން އަލަށް ބަލިޖެހިފައިވަނީ ހަތް މީހަކަށެވެ. 

މިއަދު ބަލިޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 65 ދިވެހިންނާއި 34 ބިދޭސީންނެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 9427 އެވެ. މީގެ ތެރެއިން 7903 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ބަލިން ފަސޭހަނުވެ 1485 މީހުން އެބަތިއްބެވެ. ފަސޭހަނުވާ މީހުންގެ ތެރެއިން 115 މީހުން ތިބީ ހަސްފަތާލުގައެވެ. 727 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މިހާތަނަށް 33 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

މިހާރު އަތޮޅުތަކުގެ 20 ރަށެއްގައި ކޯވިޑަށް ޕޮޒިޓިވް 66 މީހުން އެބަ ތިއްބެވެ. އެއީ 52 ދިވެހިންނާއި 14 ބިދޭސީންނެވެ. އެންމެ ގިނަ ޢަދަދެއްގެ ބަލި މީހުން ތިބީ ގދ. ހޯޑެއްދޫގައެވެ. އެރަށުގައި ބައްޔަށް ޕޮޒިޓިވް 36 މީހަކު އެބަ ތިއްބެވެ.  

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި 29 ރިސޯޓެއްގައި ބައްޔަށް ޕޮޒިޓިވް ވެފައިވާ 47 މުވައްޒަފަކާއި 20 ފަތުރުވެރިއަކު އެބަތިއްބެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.