އާސްޓްރާޒެނެކާ ވެކްސިންގެ ޓެސްޓުތައް މެދުކަނޑާލައިފި

ކޮވިޑް- 19 އަށް އާސްޓްރާޒެނެކާ އިން ތައްޔާރުކުރާ ވެކްސިންގެ ތިންވަނަ ފިޔަވަހީގެ ޓެސްޓުތަކުގައި ބައިވެރިވި މީހެއްގެ ގައިން "ގޮތް ނެނގޭ ބައްޔަކަށް ވެދާނެ ކަމަށް ބެލެވޭ އަލާމާތްތަކެއް ފެނިގެން އެ ވެކްސިންގެ ޓެސްޓުތައް މެދުކަނޑާލައިފިއެވެ. އޭނާއަކީ އިނގިރޭސިވިލާތުން ޓެސްޓުތަކުގައި ބައިވެރިވި މީހެކެވެ.

އާސްޓްރާޒެނެކާ ކުންފުނީގެ ތަރުޖަމާނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ވެކްސިންގެ ޓެސްޓުތައް މެދުކަނޑާލީ، (މިފަދަ ކަންކަމުގައި) އެ ކުންފުނިން އާއްމުކޮށް ކުރާ މުރާޖައާތައް ކުރުމުން ފެނުނު ކަންތައްތަކެއްގެ ސަބަބުންނެވެ. އެއީ ވެކްސިންގެ ރައްކާތެރިކަން އަލުން ބަަލައި މުރާޖައާކުރުމަށެވެ.

ވެކްސިން އުފެއްދުމަށް އާސްޓާޒެނެކާއާއެކު އެންމެ ފުޅާ ދާއިރާއެެއެްގައި އެއްބަސްވުމެއް އެކުލަވާލާފައިވާ އޮސްޓްރޭލިޔާއިން ވަނީ މިކަމާމެދު ކަންބޮޑުނުވާކަން ހާމަކޮށްފައެވެ.

"މިހާރު އަަހަރެންނަށް ލިބިފައިވާ މައުލުމާތަށް ބަލާއިރު ކަންބޮޑުވާން ޖެހޭ ކަމެއް ނެތް." އޮސްޓްރޭލިޔާގެ ޑެޕިއުޓީ ޗީފް މެޑިކަލް އޮފިސަރު ނިކް ކޯޓްސްވާތު ވިދާޅުވިއެވެ.

އާސްޓްރާޒެނެކާއިން އުފައްދަން މަސައްކަތްކުރާ ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮސްފޯޑް ޔުނިވަސިޓީްން އުފެއްދި ވެކްސިނެކެއެވެ. އަދި އެއީ މިހާތަނަށް އެންމެ އުއްމީދީ ވެކްސިންގެ ގޮތުގައި ބެލެވިފައި އޮތް ވެކްސިނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.