ޙުސައިން އަކީ އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް: ރައީސް ޞާލިޙް

ރޭ އަވަހާރަވި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން މުޙައްމަދަކީ އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފައާއި މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ މިއަދު ހެދުނު ކުރެއްވި ތައުޒިޔާގެ ޓްވީޓެއްގައެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ޙުސެއިން މުޙަންމަދު ނިޔާވި ޚަބަރު އަޅުގަނޑު އެހީ ފުން ހިތާމަޔާއެކު. ޙުސެންއަކީ ޤައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އަޅުގަނޑުގެ ގާތް ރަޙުމަތްތެރިއެއް. އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް. މަރުޙޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަންދެއްވާށި. " ރައީސްގެ ތައުޒިޔާގެ މެސެޖްގައި ވިދާޅުވިއެވެ.

އާފަތިސް ނޫހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ކުރީގެ މެމްބަރު ޙުސައިން އަވަހާރަވުމާ ގުޅިގެން ކުރީގެ އަދި މިހާރުގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި ނޫސްވެރިންގެ އިތުރުން އާންމުގެ ގިނަ ބަޔަކުވެސް ދަނީ ހެޔޮދުޢާގެ ތައުޒިޔާގެ މެސެޖްތައް  ފޮނުއްވަމުންނެވެ.

މަރްޙޫމް ހުސައިންގެ ޖަނާޒާ  އޮތީ މިރޭ 18:45ގައި މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.