ޤައުމުގެ ހައްޤުގައި ރައީސް ވަހީދު ފަސްޖެހިވަޑައިނުގަންނަވާނެކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީ ސަރުކާރަށް: ޢަބްދުއްރަހީމް

ޤައުމުގެ ހައްޤުގައި ރައީސް ވަހީދު ފަސްޖެހިވަޑައިނުގަންނަވާނެކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީ ސަރުކާރަށް ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޑރ. ވަހީދުގެ ދިފާޢުގައި ޢަބްދުއްރަޙީމް، ޓްވީޓެއް ކުރައްވައިވާއިއިރު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އިސްނަގައިގެން ބޭވި ސިޔާސީ ޙަރާކާތެއްގައި އެޗްޕީއޭގެ މިންގަޑާ ޚިލާފަށް ބައިވެރިވަޑައިގެންފާ މައްސަލައިގައި އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފައި ވަނިކޮށެވެ. ފުލުހުން ޑރ. ވަހީދަށް އަންގާފައި ވަނީ އެ މަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި އެ އިދާރާއަށް ވަޑައިގަތުމަށެވެ. މިއެންގެވުމާ ގުޅިގެން ރައީސް ވަހީދު ނިންމަވައިފައި ވަނީ މިއަދު ހަވީރު 4:00 ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވުމަށެވެ.

ރައީސް ވަހީދުގެ ދިފާޢުގައު ޢަބްދުއްރަޙީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ  ވާދަވެރި ސިޔާސީ ޙަރަކާތަށް ރައީސް ވަހީދު ނުކުމެވަޑައިގެން އެހުންނެވީ ރައްޔިތުންގެ ފަޅީގައި، ޕީޕީއެމް/ޕީއެންސީގެ ވަރުގަދަ ލަޝްކަރުގައި ކަމަށެވެ.

އެޗްޕީއޭގެ ގައިޑް ލައިންނާ ޚިލާފަށް ބޭއްވިކަމަށް ބުނާ ސިޔާސީ ޙަރަކާތެއްގައި ޑޮކްޓަރ ވަހީދު ބައިވެރި ވަޑައިގެންނެވުމުން އެމްޑީޕީގެ އިތުރުން ގިނަ ބައެއްގެ ފާޑްކިޔުން އެމަނިކުފާނަށް ވަނީ ކުރިމަތި ވެފައެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.