މިއީ ދީނާއި ޤައުމަށްޓަކައި ޢިލްމުވެރިން ނުކުންނަންވީ ވަގުތު: ޢަބްދުއްރަޙީމް

މިއީ އިސްލާމްދީނާއި ގައުމަށްޓަކައި ޢިލްމުވެރިން ނުކުންނަވީ ވަގުތުކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިންމިހާރު ކުރިއަށް ގެންދާ ރިލޭގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މިސަރުކާރުން ގެންދަނީ ރައްޔިތުންނަށް ވަރަށްގިނަ ކަންކަން އޮޅުވާލަމުން ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދާ ދެބޭފުޅުންގެ މެދުގައި މައްސަލަތަކެއް އުޅޭކަން ހާމަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކަނޑައެޅިގެން އޮޅުވާލުމެއް ކަމަށާއި، އެދެބޭފުޅުންނަކީ އެންމެ ކުޑައިރުން ފެށިގެން މިހާރުވެސް އެއްކޮށް އުޅުއްވާ ދެބޭފުޅުން ކަށެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ހުރިހާ ކަމެއް ހިނގަމުންދަނީ ރައީސް އިބްރާހީމަށް އެނގިވަޑައޮގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެދެބޭފުޅުންނަކީ އެއްގަލަކުން ފެހިކައިގެން އުޅުއްވާ ދެބޭފުޅުން. ކުޑައިރުން ފެށިގެން އެއްކޮށް އުޅުއްވާ ދެބޭފުޅުން. ގާޒީ ހައިލަމް ސަސްޕެންޑްކުރިއިރު ރައީސްގެ ފަރާތުން އޭނާ ދިފާއުކުރައްވަން އެއްވެސް ކަމެއް ނުކުރައްވާ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ ގެނެސްފިކަމަށްވާނަމަ ތަފާތު ދީންތަކަށް ރާއްޖޭގައި ފުރުސަތުދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނަމުން ގެންދިޔަ ކަމަށާއި އެކަން މިހާރު ރާއްޖެއިން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.  "ލަސްތޯ އެކަންކުރިގޮތް. ރައީސް ޔާމީން ފިޔަވާ ގައުމަށް ހެޔޮއެދޭ ސިޔާސީ ލީޑަރަކުނެތް. އެމްޑީއެން އުވާލިކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވީ. އެންމެފަހުން ސަލަފު އުވާލަން އެއުޅެނީ،" ޢާބްދުއްރަޙީމް ވިދާޅުވިއެވެ. އެޖަމާއަތަކީ ރައްޔިތުންނަށް ދީނީ ދަރުސްދީ، ދީނީ މައުލޫމާތު ފޯރުކޮށްދެމުން ގެންދާ އަގުހުރި ޖަމްޢިއްޔާއެއް ކަމަށެވެ. އެހެން ކަމުން އިސްކާމްދީނާއި ގައުމަށްޓަކައި ޢިލްމުވެރިންނާއި، ޤައުމުދެކެ ކުޑަނަމަވެސް ލޯތްބެއް އޮތް މީހެއް ކަމަށްވާނަމަ ޤައުމާއި ދީނުގެ ދިފާޢުގައި ނުކުތުމަށް އޭނާ ގޮވާލެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.