ސިސްޓަމް އޯވަރލޯޑެވެ ބަޔަކު މަރުވުމުން ޒިންމާ ނަންގަވާނަންތޯ، އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަންމަނިކަށް، ފާޑް ވދާޅުވެ، ސުވާލެއް ކުރިމަތި ކުރުވައިފައެވެ.
ރައީސް ވަޙީދަށް މެމްބަރ ރޮޒައިނާގެ ފާޑް ވިދާޅުވެ ޓްވީޓެއް ކުރައްވައިފައި މިވަނީ އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދު ހަވީރު ބޭއްވި ސިޔާސީ ޙަރާކާތުގައި އެމަނިކުފާނު ބައިވެރި ވަޑައިގެންނެވުމުންވެ. ބައެއް ފޮޓޯތަކުން ފެންނަ ގޮތުން ޑޮކްޓަރ ވަހީދު އެޙަރާކާތުގައި ވާހަކަފުޅުދައްކަވަން ހުންނެވީ މާސްކް ނަންގަވައިގެންނެވެ.
Sad 2c a former president, enjoying state benefits, leading gatherings at a time of a pandemic 4political benefit, when govt’s desperately trying 2control spread & health professionals r begging ppl 2stay home. R u willing 2take responsibility 4deaths caused due2 system overload? pic.twitter.com/3pvELmAST8
— ?? ??????? ???? ? (@Roxeyna) August 28, 2020
މެމްބަރ ރޮޒައިނާ ވިދާޅުވީ ސަރުކާރުން ކެނޑި ނޭޅި މަސައްކަތް ކުރައްވަމުން ގެންދަވަނީ ބަލި ކޮންޓްރޯކް ކުރެވޭތޯ ކަމަށެވެ. ޞިއްޙީ މާހިރުން އާދެސް ކުރަމުންދަނީ ގޭގައި މަޑުކުރުމަށް ކަމަށެވެ. ނަމަވެސް މިފަދަ ޙާލަތުގައި ޤައުމު އޮތް އިރުވެސް ޤައުމީ މަސްލަޙަތަށްވުރެ، ސިޔާސީ މަސްލަޙަތު އިސްކުރައްވައި އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތުގައި އިސްނަންގަވައިގެން ރައީސް ވަހީދު އުޅުއްވާތީ ހިތާމަފުޅުކުރައްވާކަމަށެވެ.