ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު މަޢުލޫމާތު ދެއްވައި މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާކަމަށް ވިދާޅުވެ އެމައްސަލަ ބައްލަވަން ނިންމައިފިއެވެ.
ރައްޔިތުންގެމަޖިލީހުގެ މިއަދު ގެ ޖަލްސާފަށްޓަވަމުން ރިޔާސަތުން އަންގަވާ ކަންކަމުގެ ތެރެއިން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ހެލްތް މިނިސްޓަރ 28 އޭޕްރީލްގައި މަޖިލީހަށް ފޮނުއްވި ސިޓީ ވިދާޅުވެ ދެއްވައިފައެވެ. އެސީޓީއާއި އޮޑިޓް ރިޕޯރޓްގައި އެމައްސަލައިގައި ފާހަގަ ކޮށްފައިވާ ކަންކަމާއި މާލިއްޔަތު ކޮމެޓީގައި އޮޑިޓަރ ޖެނެރަލް އެމައްސަލައިގައި ދެއްކެވި ވާހަކަ ގފުޅުތަކަށް ރިޢާޔަތްކުރައްވައި ހެލްތް މިނިސްޓަރ ޢަމީން މަޖިލިހުގެ އިމްތިޔާޒަށް އަރައިގެންފައިވާ މައްސަލަ ބެއްލެވުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވިއެވެ.
ހެލްތް މިސްޓަރ މަޖިލީހަށް ފޮނުއްވި ސިޓީގައި 75 ވެންޓިލޭޓަރ ހޯދަން ދުބާއީ ކުންފުންޏަކާ ހަވާލުކުރީ ޑަބްލިޔުއެޗްއޯ އިން ރެކޮމެންޑުކޮށްގެންކަމަށް ވިދާޅުވެ ވަނީ އިތުރުފުޅު ހައްދަވައި ފައެވެ. ދުބާއީ ކުންފުންޏާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފިސަރާއި ދުބާއީގައި ހުންނަ އެ ޖަމިއްޔާގެ ކަންޓަރީ އޮފިސަރ ރެކަމެންޑުކޮށްގެން ކަމަށް ބަޔާންކޮށްފައިވެއެވެ.
އޮޑިޓް ރިޕޯރޓްގައި ޑަބްލިޔޫ އެޗް އޯއިން ވަނީ މިކަން ދޮގުކޮށްފައެވެ. އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ އަކީ ޑަބްލިއު.އެޗް.އޯ އާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައިވާ ކުންފުން ޏެއް ނޫންކަމަށާއި ޑަބްލިއު .އެޗް.އޯގެ ރިކޮމެންޑެ ޑް ސަޕްލަޔަރެއް ވެސް ނޫންކަން ވެސް އޮޑިޓް ރިޕޯރޓްގައި ވެއެވެ. އަދި ޑަބްލިއު.އެޗް.އޯ އިން ޤަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް، މިނިސްޓްރީ އޮފް ހެލް ތާ ޙިއްޞާކޮށްފައި ނުވާކަންވެސް ޑަބްލި އު .އެޗް.އޯ އިން އޮޑިޓަށް ދީފައިވާ މަޢުލޫމާތު ތަކުން އެނގޭކަމަށް ރިޕޯރޓްގައި ވެއެވެ.